މޯލްޑިވްސް ފުޓްބޯލް އެވޯޑްސް 2018ގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް މުހައްމަދު ޖައިލަމް (އޮގީ) ހޮވިއްޖެއެވެ.
މިއަދު ފަރުކޮޅުފުށީގައި ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ހަފްލާގައި އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑު ޖައިލަމްއާ ހަވާލުކޮށްދިނީ ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯއެވެ.
އުމުރުން 18 އަހަރުގެ ޖައިލަމަކީ ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ށ. ފޯކައިދޫ ޓީމުން ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ކުރިން ބީޖީ ސްޕޯޓްސް ކްލަބު އަދި ކްލަބު އީގަލްސްގެ ޒުވާން ޓީމަށް ވެސް ކުޅެފައެވެ.
މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ރަން ބޫޓު ހާސިލްކޮށްފައިވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.