އެމްޑީޕީ

އޮޅުވާލައިގެން މެމްބަރޝިޕް ފޯމް ފުރާ ފަރާތްތައް ހުއްޓުވާނެ ކަމަށް އެމްޑީޕީއިން ބުނެެފި

އަހުމަދު ޖައިޝަން

މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީގެ ވޯޓުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އޮޅުވާލައިގެން މެމްބަރޝިޕް ފޯމް ލާ ފަރާތްތައް ހުއްޓުވާނެ ކަމަށް އެމްޑީޕީއިން ބުނެފި އެވެ.

ނ. ކެނދިކުޅުދޫއިން ހުށަހެޅި މައްސަލައަކާ ގުޅިގެން އެމްޑީޕީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެރަށުގެ ފަރާތުން ނުވަ ފޯމެއް ހުށަހަޅާފައިވަނީ އެރަށަށް ނޭނގި ކަމަށެވެ. އަދި އިންތިހާބާ ގުޅޭގޮތުން ޝަކުވާތައް ހުށަހެޅުމަށް އެކުލަވާލާފައިވާ ކޮމިޓީއިން އެ މައްސަލަ މިހާރު ބަލާފައިވާ ކަމަށް ވެއެވެ. މައްސަލަ ބެލި ބެލުމުން އެވާހަކައަކީ ސައްހަ ވާހަކައެއް ކަން ކޮމިޓީއަށް ކަށަވަރުވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީއިން ބުނީ އެ ކޮމިޓީއިން ނިންމާފައިވަނީ އެ ފޯމުތައް ހުށަހެޅި ނުވަ މީހުން މަޖިލިސް ޕްރައިމަރީގެ ވޯޓު ލިސްޓުން އުނިކުރުމަށް ކަމަށެވެ.

އަންނަ އަހަރުގެ އިންތިހާބުގެ ޕްރައިމަރީއާ ގުޅިގެން އެމްޑީޕީއަށް ގިނަ އަދަދެއްގެ މެމްބަރޝިޕް ފޯމުތަކެއް ލިބެމުންދާ ކަމަށް އެޕާޓީއިން ވަނީ ބުނެފައެވެ.