ބޭންކް އޮފް މޯލްޑިވްސް

ރަައްކާތެރިކަމަށްޓަކައި ގޭގައި ތިބެ، ބީއެމްއެލްގެ ހިދުމަތްތައް އޮންލައިންކޮށް ހޯއްދަވާ!

އެންމެންގެ ރައްކާތެރިކަމަށްޓަކައި ލޮކްޑައުންގެ މުއްދަތުގައި ބުރާންޗުތަކާއި ސާވިސް ސެންޓަރުތައް ބަންދުވާނެ ކަމަށާއި އެހެންކަމުން ގޭގައި ތިބެގެން އޮންލައިންކޮށް ހިދުމަތް ހޯދުމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެއެވެ.

ބީއެމްއެލް އިން ބުނީ، އެ ބޭންކުގެ ބުރާންޗުތަކާއި ސާވިސް ސެންޓަރުތައް ބަންދުކުރަން ނިންމީ ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ކަމަށެވެ. އެހެންކަމުން ލޮކްޑައުންގެ މި މުއްދަތުގައި ބޭންކިންގެ ހުރިހާ ހިދުމަތެއް ގޭގައި ތިބެގެން އޮންލައިންކޮށް ހޯދުމަށް ބޭންކުން އެދެއެވެ.

ބީއެމްއެލް އިން ބުނީ، ފުލުހުން ދޫކުރާ ހާއްސަ ހުއްދައަކާއެކު ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމް ބޭނުން ކުރެވޭނެ ކަމަށާއި ނަމަވެސް އިންޓަނެޓް ބޭންކިންނާއި މޯބައިލް ބޭންކިން އަދި މޯބައިލްޕޭ ބޭނުންކުރުމަށ ބާރުއަޅާ ކަމަށެވެ.

އޭގެ އިތުރުން ގޭގައި ތިބެގެން ލޯނަށް އެދި ހުށަހެޅުމުން މަސައްކަތު ދުވަސްތަކުގައި ލޯނުތައް ޕްރޮސެސް ވާނެ ކަމަށެވެ. ނަމަވެސް ލޮކްޑައުންގެ މުއްދަތުގައި އެ ލޯނުތައް ދޫކުރުން ލަސްވުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.

ބީއެމްއެލުން ބުނީ، އެ ބޭންކުގެ ކޮންޓެކްޓް ސެންޓަރަށް ލިބެމުން އަންނަ ފޯނުކޯލުތައް ގިނަވުމާއެކު ޖަވާބުދިނުމަށް ލަސްކަމެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ހޯދަން ބޭނުންވާ ހިދުމަތަކާގުޅޭ ގޮތުން [email protected] އަށް އީމެއިލް ކުރުމަށް ނުވަތަ 7990200 ނުވަތަ 999200 އަށް މެސެޖުކުރުމަށް އެދެއެވެ.