އަބްދުﷲ އަމީން

ދިވެހި ބޭސްވެރިކަމުގެ މަހާސިންތާއެއް ބާއްވަނީ

ޝަހީދާ އަބްދުﷲ ސައީދު

1

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދިވެހި ބޭސްވެރިކަމާ ގުޅޭ މަހާސިންތާއެއް ރާއްޖޭގައި ބާއްވާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހެލްތް މިނިސްޓްރީން ކުރަން ނިންމާފައިވާ ކަންކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި ދިވެހި ބޭސްވެރިކަމާ ގުޅޭ މަހާސިންތާ ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ދިވެހި ބޭސްވެރިކަމުގެ އިލްމާއި ހުނަރު ލިބިފައިވާ މީހުން އެއްތަނަކަށް ޖަމާކޮށް، އެމީހުންގެ ވިސްނުމުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ދިވެހި ބޭސްވެރިކަން ކުރިއަށް އޮތަނުގައި ގެންދާނެ ގޮތް ދެނެގަނެވޭނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ސިއްހީ ޚިދުމަތަކީ ހަމައެކަނި ހޮސްޕިޓަލުތަކަށް ހުއްޓިފައި އޮތް ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.

އަދި ރާއްޖެއިން ބޭރުން މަތީ ފެންވަރުގެ ޑޮކްޓަރުންނާއި ތަހުލީލު ކުރެވޭނެ ނިޒާމުތައް ހޯދުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާއަކީ ރައްޔިތުންގެ ޝަކުވާތައް ބޮޑު އަދި ގޮންޖެހުންތައް ގިނަ ދާއިރާއެއްކަމަށް ގަބޫލުކުރައްވާ ކަމަށާއި، ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާނީ އެކަން އެނގިވަޑައިގެން ހުންނަވާ ކަމަށެވެ.

ސިއްހީ މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ވަރަށް ގިނަކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ރައްޔިތުންގެ ފަރާތުން ސިއްހީ މައްސަލަތަކާ ގުޅިގެން ހުށަހަޅާ ޝަކުވާތައް ދުވަހުން ދުވަހަށް ބެލުމަށް ހެލްތް މިނިސްޓްރީގެ ތެރޭގައި ނިޒާމެއް ގާއިމް ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟