ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިންޑިއާގެ ނިމްސް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފިއެވެ.
ނައިބު ރައީސް ނިމްސް އަށް ޒިޔާރަތް ކުރައްވާފައި މިވަނީ އެމަނިކުފާނު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ޒިޔާރަތުގައި ހޮސްޕިޓަލްގެ ވަސީލަތްތައް ނައިބު ރައީސް ބައްލަވާލައްވާފައިވެ އެވެ. އަދި ހިދުމަތްތަކުގެ މައުލޫމާތުވެސް ނައިބު ރައީސަށް އެ ހޮސްޕިޓަލުން ވަނީ ދެއްވާފައެވެ.
މި ޒިޔާރަތުގައި އެ ހޮސްޕިޓަލުން ބޭސްފަރުވާގެ ހިދުމަތް ހޯދުމަށްޓަކައި ގޮސްއުޅޭ ދިވެހިންނަށް ހުރި ފަސޭހަތަކާއި ދޭ ހިދުމަތްތަކުގެ މައުލޫމާތު ނައިބު ރައީސާވަނީ ހިއްސާ ކޮށްފައެވެ.
އިންޑިއާގެ ޓްރިވަންޑްރަމްގައި ހުންނަ ނިމްސް ހޮސްޕިޓަލަކީ ކޮންމެ އަހަރުކުވެސް ގިނަ އަދަދެއްގެ ދިވެހިން ހިދުމަތް ހޯދަމުން އަންނަ ތަނެކެވެ.