އެމްޑީޕީ

އެމްޑީޕީން މަޖިލީހުގެ 87 ދާއިރާއަށް ކުރިމަތިލާން ގައުމީ މަޖިލީހުން ނިންމައިފި

2

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން 87 ދާއިރާއަށް ކުރިމަތިލާން އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.

މިރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީން 87 ދާއިރާއަށް ކުރިމަތިލުމަށް ހުށަހަޅުއްވާފައިވަނީ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.

ރައީސް ނަޝީދުގެ އެ ހުށަހެޅުމަށް ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ވޯޓުގައި ބައިވެރިވި 80 މެމްބަރުންގެ ތެރެއިން 79 މެމްބަރުން ވަނީ ތާއީދުކޮށްފައެވެ.

ގައުމީ މަޖިލީހަށް އެމްޑީޕީ ސެކްރެޓޭރިއަޓުން ފޮނުވާފައިވާ ލިސްޓުގައިވާ ގޮތުން، އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނީ 60 ދާއިރާއަށެވެ. ނަމަވެސް ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ގިނަ މެމްބަރުން ވިދާޅުވެފައިވަނީ އެބޭފުޅުން ތާއީދުކުރަނީ 87 ގޮނޑިއަށް ވެސް ވާދަކުރާ ކަމަށެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 87 ގޮނޑިއަށް ވާދަކުރުމަކީ ޕާޓީގެ މަސްލަހަތު އޮތް ގޮތް ކަމަށް ގަބޫލުކުރެވޭތީ އެކަމަށް ތާއީދުކުރާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟