އަބްދުﷲ އަހުމަދު

ޕީޖީ ބިސާމްގެ މައްސަލަ އަދި ނުނިމޭ، ބޭރުކުރާނަން: އަބްދުﷲ

ޝަހީދާ އަބްދުﷲ ސައީދު

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަދި ނުނިމޭ ކަމަށާއި، ބިސާމް ބޭރުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަބްދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކަންކަމުގެ ތެރޭގައި ފާހަގަކުރެވިފައިވަނީ 5 ކަމެއް ކަމަށެވެ.

ނަމަވެސް އިތުރަށް ފާހަގަކުރަންޖެހޭ ކަންތައްތަކެއް ހުރުމުން އެކަން އިސްލާހުކުރުމަށްފަހު، މަޖިލީހަށް ވައްދާނެ ކަމަށް އަބްދުﷲ ވިދާޅުވިއެވެ. އަބްދުﷲ ވިދާޅުވީ އަދި ނުނިމޭ ކަމަށާއި، ބިސާމް ބޭރުކުރާނެ ކަމަށެވެ.

ބިސާމްގެ މައްސަލައިގައި އިތުރު ކަންތައްތަކެއް ފާހަގަކުރުމަށްފަހު އަލުން ހުށަހަޅާނެ ކަމަށް އަބްދުﷲ ވިދާޅުވިއިރު، ޕީޖީގެ މަގާމުން ބިޝާމް ވަކިނުކުރި ކަމުގައި ވިޔަސް، ރައީސް ނަޝީދުގެ މައްސަލާގައި ވަކާލާތު ކުރި ވަކީލުން ވަކި ކުރަން ޖެހޭކަމަށް ގާނޫނީ ވަކީލް ނާޒިމް ސައްތާރު މިއަދު ވަނީ ވިދާޅުވެފައެވެ.