އަހްމަދު އަދީބު އަބްދުލްގަފޫރު

ހޯމް މިނިސްޓަރަށް ޔާމީން ރަޝީދު: އަދީބު ގެއަށް ބަދަލުކުރުމުގެ އަމުރަށް ބީރުކަންފަތެއް ދެއްވަނީ ކީއްވެ؟

ޝަހީދާ އަބްދުﷲ ސައީދު

1

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެއަށް ބަދަލުކުރުމަށް އެޗްއާރުސީއެމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ކުރި އަމުރަށް ހޯމްމމިނިސްޓަރު އިމްރާން އަބްދުﷲ ބީރު ކަންފަތެއް ދެއްވަނީ ކީއްވެތޯ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ސުވާލު އުފައްދަވައިފިއެވެ.

ޔާމީން ރަޝީދު މިހެން ވިދާޅުވެފައިވަނީ ކިޑްނީގެ މައްސަލައެއްގައި އައިޖީއެމްއެޗްގައި މިހާރު ފަރުވާ ހޯދަމުން އަންނަ އަހުމަދު އަދީބު ގެއަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސެސް އަށް އަންގައިފަ އެވެ.

މީގެއިތުރުން އަދީބު ގެއަށް ބަދަލުކުރުމަށް ސިޔާސީ ގިނަ ފަރާތްތަކުން ވެސް އަންނަނީ ގޮވައިލަމުންނެވެ.

އެގޮތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަލުގައި ތިބި ގިނަ މީހުން މިނިވަންވެ، އެމީހަކު ބޭނުންވި މަގާމެއް އެމީހަކަށް ލިބިއްޖެ ކަމަށެވެ. އެކަމަކު އަދިވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެއަށް ބަދަލު ނުކުރެވިގެން އުޅޭ ސަބަބެއް ނޭނގޭ ކަމަށެވެ. އަދި އަދީބަށް ދެމުންދާ އަނިޔާ ހުއްޓާލަން ޖެހޭ ކަމަށް ލަތީފު ވިދާޅުވިއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންސާނީ ހައްގަކީ ވަކި މީހަކަށް ބެލުމެއްނެތި ކޮންމެ މީހަކަށްވެސް ލިބިދޭންޖެހޭ ހައްގެއް ކަމަށެވެ. އަދި އަބްދުﷲގެ ޓުވީޓުގައި ވަނީ އެޗްއާރުސީއެމުން އަދީބު ގެއަށް ބަދަލުކުރުމަށް ކަރެކްޝަނަލް ސާވިސަސްއަށް އެންގި އެންގުން ވީހާވެސް އަވަހަށް ތަންފީޒު ކުރުމަށް ގޮވާލާފައެވެ.

އަދީބު ގެއަށް ބަދަލުކުރުމަށާއި މިނިވަން ކުރުމަށް ގޮވާލަމުންދާއިރު އަދީބުގެ ސިއްހީ ހާލަތު ރަނގަޅު ނޫން ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟