ޖަޕާން

2020ގެ އޮލިމްޕިކްސް އާއި ޕެރެލިމްޕިކްސްއަށް ތައްޔާރުވުމާ ގުޅޭގޮތުން ޖަޕާނާއެކު މަޝްވަރާކޮށްފި

އައިދާ އަބްދުލް ހަކީމް

މިއަހަރުގެ އޮލިމްޕިކްސް އާއި ޕެރެލިމްޕިކްސްއަށް ތައްޔާރުވުމާ ގުޅޭގޮތުން ޖަޕާނާއެކު މަޝްވަރާކޮށްފިއެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު، ޖަޕާނު އެމްބަސީގެ ކޮންސިއުލާ ކޮޖި ކަނެކޯއާ މިއަދު ބައްދަލުކުރައްވައި 2020 ވަނަ އަހަރުގެ އޮލިމްޕިކްސް އާއި ޕެރެލިމްޕިކްސްއަށް ތައްޔާރުވުމުގައި ޖަޕާނުން ރާއްޖެއަށް ދެވޭނެ އެހީތަކާ މެދު ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން ގިނަ ކުޅިވަރުތަކެއް ކުޅެމުން އަންނަ ކޮމިއުނިޓީ ސެންޓަރު (އިންޑޯ/ ޒުވާނުންގެ މަރުކަޒު)ގެ މަރާމާތު ކުރުމުގެ މަޝްވަރާ ކުރެވިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މޯލްޑިވްސް ސެންޓަރ ފޯރ ސޯޝަލް އެޑިއުކޭޝަންއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1990 ވަނަ އަހަރު ބިންގާއަޅައި 1992 ވަނަ އަހަރުގެ 27ގައި ޖަޕާނުގެ ހިލޭ އެހީގެ ދަށުން ގާއިމުކުރެވުނު ތަނެކެވެ.

މީގެ ނުވަ މަސް ކުރިން މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޔޫތު ސެންޓަރު އޭސީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓެންޑަރަށް ހުޅުވާލި ވާހަކައެވެ. ނަމަވެސް އޭގެ ފަހުން އެކަމާ ގުޅޭ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.