ބޭންކް އޮފް މޯލްޑިވްސް

ބޭންކް ފަޅާލި މައްސަލައިގައި އިތުރު ހަތަރު މީހުން ހައްޔަރުކޮށްފި

1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގއ. ވިލިނގިލީ ބްރާންޗު ފަޅާލި މައްސަލައިގައި އިތުރު ދެ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މިދިޔަ ހޯމަ ދުވަހުގެ ފަތިހު ބީއެމްއެލްގެ ވިލިނގިލީ ބްރާންޗުގެ ފުރާޅު ހަލާކުކޮށްލައިގެން އެތަނަށް ވަދެ ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައިގައި ފުލުހުންގެ ބަންދުގައި މިހާރު ޖުމްލަ 13 މީހުން އެބަ ތިއްބެވެ.

ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު ވެސް ޖަހައިފައެވެ. އެ ދެ މީހުން ހަތް ދުވަހު ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައިވާ އިރު، އިއްޔެ ހައްޔަރުކުރި ހަތަރު މީހަކު ދިހަ ދުވަހު ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައިވެއެވެ.

އޭގެ ކުރިން ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ފަސް މީހަކު 15 ދުވަހުގެ މުއްދަތަކަށް އިއްޔެ މުއްދަތު ޖަހާފައިވާ އިރު، އަނެއް ދެ މީހުން ހަތް ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އިއްޔެ ވަނީ މުއްދަތު ޖަހައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟