މޯލްޑިވްސް އެޗްއާރް އެވޯޑްސް

"މޯލްޑިވްސް އެޗްއާރު އެވޯޑްސް 2019"ގެ އެވޯޑު ހަފުލާ ބާއްވައިފި

"މޯލްޑިވްސް އެޗްއާރު އެވޯޑްސް 2019"ގެ އެވޯޑު ހަފުލާ ބާއްވައިފިއެވެ.

ހިއުމަން ކެޕިޓަލް އިން އިންތިޒާމުކޮށްގެން ޗަމްޕާ ސެންޓްރަލް ހޮޓެލުގައި ރޭ ބޭއްވި އެޗްއާރު އެވޯޑްސްގެ އެވޯޑު ހަފުލާގައި ވަނީ އެވޯޑުތައް ލިބުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފައެވެ.

އެޗްއާރު އެވޯޑްސް ދީފައިވަނީ ދެ ކެޓަގަރީއަކުންނެވެ. އެއީ އޯގަނައިޒޭނަޝަލް ކެޓަގަރީ އާއި އިންޑިވިއުޖުއަލް ކެޓަގަރީންނެވެ. އޯގަނައިޒޭނަޝަލް ކެޓަގަރީން އަށް އެވޯޑު ދިން އިރު، އިންޑިވިޖުއަލް ކެޓަގަރީން ހަތް އެވޯޑު ދިނެވެ.

މޯލްޑިވްސް އެޗްއާރު އެވޯޑްސް 2019ގެ އެންމެ ގިނަ ކާމިޔާބީތައް ލިބިފައިވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ. އޭޑީކޭއަށް ވަނީ ފަސް އެވޯޑެއް ލިބިފައެވެ.

އޯގަނައިޒޭނަޝަލް ކެޓަގަރީ:

  • އެކްސަލަންސް އިން ޑައިވާސިޓީ އެންޑް އިންކްލޫޝަން – މޫވެންޕިކް ރިސޯޓް ކުރެދިވަރު މޯލްޑިވްސް
  • އެކްސެލަންސް އިން ސޯޝަލް މީޑިއާ، ޕީޕަލް ޕްރެކްޓިސަސް – އޭޑީކޭ ހޮސްޕިޓަލް
  • އެކްސަލަންސް އިން ލާނިންގް އެންޑް ޑިވެލޮޕްމަންޓް – ކޮންސްޓަންސް ހޮޓެލްސް އެންޑް ރިސޯޓްސް އެންޑް ގޮލްފް (މޯލްޑިވްސް)
  • އެމްޕްލޯޔާ ވިތު ބެސްޓް ހެލްތު އެންޑް ވެލްނަސް އިނީޝިއޭޓިވްސް – އޭޑީކޭ ހޮސްޕިޓަލް
  • އެމްޕްލޯއިމަންޓް އެޖެންސީ އޮފް ދަ އިޔާ – ޖަސްޓް ފޯ މާކިން ޕްރައިވެޓް ލިމިޓެޑް
  • ނެކްސްޓް ޖެނެރޭޝަން އެމްޕްލޯއިމަންޓް އިނީޝިއޭޓިވް އޮފް ދަ އިޔާ – ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
  • އެޗްއާރު ޓީމް އޮފް ދަ އިޔާ – އޭޑީކޭ ހޮސްޕިޓަލް އެޗްއާރު ޓީމު
  • ސްޓާފް ރެކްރިއޭޝަން ޓީމް އޮފް ދަ އިޔާ – ޓީމް ކަނޑޫމާ އަދި ޕްރިޒަން ކްލަބު

އިންޑިވިޖުއަލް ކެޓަގަރީ:

  • އެޗްއާރު ޗެމްޕިއަން – އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް
  • އެޗްއާރު މެނޭޖާ އޮފް ދަ އިޔާ – ހޮލިޑޭ އިން ކަނޑޫމާ ރިސޯޓުގެ ހިއުމަން ރިސޯސް މެނޭޖަރު އަހުމަދު ޝަޒީން
  • އެޗްއާރު ޑިރެކްޓާ އޮފް ދަ އިޔާ – މޫވެންޕިކް ރިސޯޓް ކުރެދިވަރު މޯލްޑިވްސްގެ ޓެލެންޓް އެންޑް ކަލްޗާ ޑިރެކްޓަރު ވައިބާވް ގާގް
  • ލާނިން އެންޑް ޑިވެލޮޕްމަންޓް މެނޭޖާ އޮފް ދަ އިޔާ – ކޮންސްޓެންސް ހޮޓެލްސް ރިސޯޓްސް އެންޑް ގޮލްފްގެ ކްލަސްޓާ ޓްރެއިނިން މެނޭޖަރު މެރީ ޖޭން ކުމްޕިއޯ
  • އެޗްއާރު ޕްރެކްޓިޝަނާ އޮފް ދަ އިޔާ – އެޗްޑީސީގެ ސީނިއާ ހިއުމަން ރިސޯސް އޮފިސަރު އާމިނަތު ޒަހާން އަޝްރަފް
  • އެޗްއާރު ރައިސިން ސްޓާ އޮފް ދަ އިޔާ – އޭޑީކޭ ހޮސްޕިޓަލުގެ ޗީފް ހިއުމަން ރިސޯސް އޮފިސަރު އާމިނަތު މުހައްމަދު އަދި ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ހިއުމަން ރިސޯސަސް އެގްޒެކެޓިވް އަބްދުﷲ ލިޔާޒް
  • ވިމެން އޮފް ޑިސްޓިންކްޝަން – މޯލްޑިވްސް ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ އެޗްއާރު މެނޭޖަރު ޝާހިދާ އަހުމަދު

މޯލްޑިވްސް އެޗްއާރު އެވޯޑްސް 2019ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ.