މޯލްޑިވްސް އެޗްއާރް އެވޯޑްސް

"މޯލްޑިވްސް އެޗްއާރް އެވޯޑްސް 2019"ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ވަން

މުހައްމަދު އައުޒަމް

މި އަހަރުގެ އޮކްޓޯބަރު 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ "މޯލްޑިވްސް އެޗްއާރް އެވޯޑްސް 2019"ގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކަށް "ވަން އޮންލައިން" ހަމަޖައްސައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަން އޮންލައިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މާކެޓިންގ އެސިސްޓެންޓް މަރިޔަމް ހަޝްމާ ޔޫސުފްއެވެ. އަދި އެޗްއާރް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އިބްރާހިމްއެވެ.

ހިއުމަން ކެޕިޓަލް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެވޯޑްގެ ދެވަނަ އެޑިޝަނަށް ކުރިމަތިލުމަށް އަންނަ އޮގަސްޓް މަހުގެ 10ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

އެޗްއާރު އެވޯޑްސް 2019ގައި މުޅިން އަލަށް މިއަހަރު ތައާރަފު ކުރާ އިންޑިވިޖުއަލް ކެޓަގަރީން ހަ ދާއިރާއަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު އޯގަނައިޒޭޝަނަލް ކެޓަގަރީން ނުވަ ދާއިރާއަކުން އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

"މޯލްޑިވްސް އެޗްއާރް އެވޯޑްސް 2019"ގެ ކެޓަގަރީތައް

* އިންޑިވިޑުއަލް ކެޓަގަރީ
- އެޗްރާއު/އެލް އެންޑްޑީ ޗެމްޕިއަން (އެމްޑީ، ސީއީއޯ، ޖީއެމް)
- އެޗްރާއު/އެލް އެންޑްޑީ ޑިރެކްޓަރ އޮފް ދަ އިޔާ
- އެޗްރާއު/އެލް އެންޑްޑީ މެނޭޖާ އޮފް ދަ އިޔާ
- އެޗްރާއު/އެލް އެންޑްޑީ ޕްރެކްޓިޝަނާ އޮފް ދަ އިޔާ
- އެޗްރާއު/އެލް އެންޑްޑީ ރައިޒިންގް ސްޓާ އޮފް ދަ އިޔާ
- ވުމަން އޮފް ޑިސްޓިންކްޝަން

* އޯގަނައިޒޭޝަނަލް ކެޓަގަރީސް
- ޑައިވާސިޓީ އެންޑް އިންކްލޫޝަން
- ސޯޝަލް މީޑިއާ ޕީޕަލް ޕްރެކްޓިސަސް
- ޑިވަލޮޕިންގް ލީޑާސް އޮފް ޓުމޯރޯ
- ޓެލެންޓް އޮފް އެކުއިޒިޝަން
- ލާނިންގް އެންޑް ޑިވަލޮޕްމަންޓް
- ހެލްތް އެންޑް ވެލްނެސް
- ނެކްސްޓް ޖެނެރޭޝަން އެމްޕްލޯއިމަންޓް އިނިޝިއޭޓިވް
- އެޗްރާއު ޓީމް އޮފް ދަ އިޔާ
- އެމްޕްލޯޔަމަންޓް އޭޖެންސީ އޮފް ދަ އިޔާ

މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމަށް ހަމަޖައްސާފައި ވަނީ ތިން ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއއީ ޕްރީ-އެލިމިނަރީ ސްކްރީނިންގް، ޕްރައިމަރީ އިވެލުއޭޝަން އަދި ފައިނަލް ޖޫރީ އިވެލުއޭޝަން އެވެ. އެވޯޑާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުން ނަމަ 7923995 އަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކޮށްގެން އެ މައުލޫމާތު ހޯދުމަށް ހިއުމަން ކެޕިޓަލް އިން އެދެއެވެ.

ހިއުމަން ކެޕިޓަލް އަކީ ރާއްޖޭގައި ހިއުމަން ރިސޯސަސް، އެޗްއާރްއާ ގުޅޭ ގޮތުން ހަބަރު ފެތުރުމުގެ އިތުރުން މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޕްރޮފެޝަނަލް އެހީތެރިކަން ފޯރުކޮށްދީ އެ ފަރާތްތަކުގެ މަސައްކަތްތުގެ އަގު ވަޒަން ކުރުމަށް މަސައްކަތް ކުރާ ބައެކެވެ. މޯލްޑިވްސް އެޗްއާރު އެވޯޑް ފުރަތަމަ ފަހަރަށް 2018 ގައި ހަމައެކަނި އޯގަނައިޒޭޝަނަލް ކެޓަގަރީއާއެކު ބޭއްވި ނަމަވެސް، މިފަހަރުގެ އެވޯޑް ހަފުލާ ކުރީ އަހަރަށް ވުރެ ކުލަގަދަކޮށް ގެންދިއުމަށް ހިއުމަން ކެޕިޓަލް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.