މޯލްޑިވްސް އެޗްއާރް އެވޯޑްސް

މޯލްޑިވްސް އެޗްއާރު އެވޯޑްސް 2019 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މަރިޔަމް ޝަހުދާ

މޯލްޑިވްސް އެޗްއާރު އެވޯޑްސް 2019 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހިއުމަން ކެޕިޓަލް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެވޯޑްގެ ދެވަނަ އެޑިޝަނަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އަންނަ އޮގަސްޓް މަހުގެ 10އެއްގެ ނިޔަލަށެވެ.

އެޗްއާރު އެވޯޑްސްއިން މުޅިން އަލަށް މިއަހަރު ތައާރަފު ކުރާ އިންޑިވިޖުއަލް ކެޓަގަރީން ހަ ދާއިރާއަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ. އަދި އޯގަނައިޒޭޝަނަލް ކެޓަގަރީން ނުވަ ދާއިރާއަކަށް އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

* އިންޑިވިޑުއަލް ކެޓަގަރީ

- އެޗްރާއު/އެލް އެންޑްޑީ ޗެމްޕިއަން (އެމްޑީ، ސީއީއޯ، ޖީއެމް)

- އެޗްރާއު/އެލް އެންޑްޑީ ޑިރެކްޓަރ އޮފް ދަ އިޔާ

- އެޗްރާއު/އެލް އެންޑްޑީ މެނޭޖާ އޮފް ދަ އިޔާ

- އެޗްރާއު/އެލް އެންޑްޑީ ޕްރެކްޓިޝަނާ އޮފް ދަ އިޔާ

- އެޗްރާއު/އެލް އެންޑްޑީ ރައިޒިންގް ސްޓާ އޮފް ދަ އިޔާ

- ވުމަން އޮފް ޑިސްޓިންކްޝަން

* އޯގަނައިޒޭޝަނަލް ކެޓަގަރީސް

- ޑައިވާސިޓީ އެންޑް އިންކްލޫޝަން

- ސޯޝަލް މީޑިއާ ޕީޕަލް ޕްރެކްޓިސަސް

- ޑިވަލޮޕިންގް ލީޑާސް އޮފް ޓުމޯރޯ

- ޓެލެންޓް އޮފް އެކުއިޒިޝަން

- ލާނިންގް އެންޑް ޑިވަލޮޕްމަންޓް

- ހެލްތް އެންޑް ވެލްނެސް

- ނެކްސްޓް ޖެނެރޭޝަން އެމްޕްލޯއިމަންޓް އިނިޝިއޭޓިވް

- އެޗްރާއު ޓީމް އޮފް ދަ އިޔާ

- އެމްޕްލޯޔަމަންޓް އޭޖެންސީ އޮފް ދަ އިޔާ

މި އެވޯޑުތަކަށް ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމަށް ހިއުމަން ކެޕިޓަލް އިން ހަމަޖައްސާފައިވަނީ ތިން ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއއީ ޕްރީ-އެލިމިނަރީ ސްކްރީނިންގް، ޕްރައިމަރީ އިވެލުއޭޝަން އަދި ފައިނަލް ޖޫރީ އިވެލުއޭޝަން އެވެ. މި އެވޯޑާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުން ނަމަ 7923995 އަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކޮށްގެން އެ މައުލޫމާތު ހޯދުމަށް ހިއުމަން ކެޕިޓަލް އިން އެދެއެވެ.

ހިއުމަން ކެޕިޓަލް އަކީ ރާއްޖޭގައި ހިއުމަން ރިސޯސަސް، އެޗްއާރު އާއި ގުޅޭ ގޮތުން ހަބަރު ފެތުރުމުގެ އިތުރުން މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޕްރޮފެޝަނަލް އެހީތެރިކަން ފޯރުކޮށްދީ އެ ފަރާތްތަކުގެ މަސައްކަތްތުގެ އަގު ވަޒަން ކުރުމަށް މަސައްކަތް ކުރާ ބައެކެވެ. މޯލްޑިވްސް އެޗްއާރު އެވޯޑް ފުރަތަމަ ފަހަރަށް 2018 ގައި ހަމައެކަނި އޯގަނައިޒޭޝަނަލް ކެޓަގަރީއާއެކު ބޭއްވި ނަމަވެސް، މިފަހަރުގެ އެވޯޑް ހަފުލާ ކުރީ އަހަރަށް ވުރެ ކުލަގަދަކޮށް ގެންދިއުމަށް ހިއުމަން ކެޕިޓަލް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މޯލްޑިވްސް އެޗްއާރު އެވޯޑްސް 2019ގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.