މޯލްޑިވްސް އެޗްއާރް އެވޯޑްސް

އެޗްއާރު ޗެމްޕިއަން އެވޯޑު އަފްއާލަށް، އެންމެ ގިނަ އެވޯޑުތައް އޭޑީކޭއަށް

"މޯލްޑިވްސް އެޗްއާރު އެވޯޑްސް 2019"ގައި އޭޑީކޭ ހޮސްޕިޓަލުން ގިނަ އެވޯޑުތަކެއް ހޯދައިފައެވެ.

ހިއުމަން ކެޕިޓަލް އިން އިންތިޒާމުކޮށްގެން ޗަމްޕާ ސެންޓްރަލް ހޮޓެލުގައި ރޭ ބޭއްވި އެވޯޑު ހަފުލާގައި އަފްއާލާއި އޭޑީކޭ ހޮސްޕިޓަލުގެ އެޗްއާރު ޓީމަށް ވަނީ އެވޯޑު ހަވާލުކޮށްފައެވެ.

އެޗްއާރު ޗެމްޕިއަން އެވޯޑު އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލަށް ލިބިވަޑައިގެންނެވި އިރު، އެޗްއާރު ޓީމު އޮފް ދަ އިޔާގެ އެވޯޑު ލިބިފައިވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ.

އަފްއާލަށް އެޗްއާރު ޗެމްޕިއަން އެވޯޑު ލިބިވަޑައިގެންފައިވަނީ އޭޑީކޭ ހޮސްޕިޓަލުގެ އެޗްއާރު މެނޭޖްމަންޓުން ހޯދި ކުރިއެރުންތަކުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅާއަށް ވާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. އަދި އެޗްއާރު ޓީމު އޮފް ދަ އިޔާގެ އެވޯޑު، އޭޑީކޭ ހޮސްޕިޓަލުގެ އެޗްއާރު ޓީމަށް ލިބިފައިވަނީ އެ ހޮސްޕިޓަލުގެ އެޗްއާރު މެނޭޖްމަންޓުގައި އެ ހޮސްޕިޓަލުގެ އެޗްއާރު ޓީމުން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

އޭގެ އިތުރުން އެކްސެލަންސް އިން ސޯޝަން މީޑިއާ – ޕީޕަލްސް ޕްރެކްޓިސަސް އެވޯޑާއި އެމްޕްލޯޔާ ވިތު ބެސްޓް ހެލްތު އެންޑް ވެލްނަސް އިނިޝިއޭޓިވްސް އެވޯޑު ވެސް ހޯދާފައިވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އެޗްއާރު ރައިސިން ސްޓާ އޮފް ދަ އިޔާގެ އެވޯޑު ވެސް ލިބިފައިވަނީ އޭޑީކޭ ހޮސްޕިޓަލުގެ މުވައްޒަފަކަށެވެ. އެ އެވޯޑު ލިބިފައިވަނީ އެ ހޮސްޕިޓަލުގެ ޗީފް ހިއުމަން ރިސޯސް އޮފިސަރު އާމިނަތު މުހައްމަދަށެވެ.

މޯލްޑިވްސް އެޗްއާރު އެވޯޑްސް 2019ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ.