މޯލްޑިވްސް އެޗްއާރް އެވޯޑްސް

ވިމެން އޮފް ޑިސްޓިންކްޝަން އެވޯޑު އެމްޑަބްލިޔުއެސްސީގެ ޝާހިދާއަށް

"މޯލްޑިވްސް އެޗްއާރު އެވޯޑްސް 2019"ގެ ވިމެން އޮފް ޑިސްޓިންކްޝަން އެވޯޑު މޯލްޑިވްސް ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ އެޗްއާރު މެނޭޖަރު ޝަހިދާ އަހުމަދަށް ލިބިއްޖެއެވެ.

ހިއުމަން ކެޕިޓަލް އިން އިންތިޒާމުކޮށްގެން ޗަމްޕާ ސެންޓްރަލް ހޮޓެލުގައި ރޭ ބޭއްވި "މޯލްޑިވްސް އެޗްއާރު އެވޯޑްސް 2019"ގެ އެވޯޑު ހަފުލާގައި ޝަހިދާއާ އެ އެވޯޑު ހަވާލުކޮށްދެއްވީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާއެވެ.

ވިމެން އޮފް ޑިސްޓިންކްޝަންގެ އެވޯޑަކީ އެޗްއާރުގެ ދާއިރާގައި ކާމިޔާބީތައް ހޯދާ އަންހެނުންގެ އަގުވަޒަން ކުރުމަށް ދޭ އެވޯޑެކެވެ.

ޝަހީދާއަކީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސް އިން ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާ އިން މާސްޓާޒް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން އޭނާ ވަނީ މެނޭޖްމަންޓް ދާއިރާ އިން ގްރެޖުއޭޓް ސެޓްފިކެޓާއި ހިއުމަން ރިސޯސް މެނޭޖްމަންޓުން އެޑްވާންސް ޑިޕްލޮމާ ހާސިލުކުރައްވައިފައެވެ.

އެމްޑަބްލިޔުއެސްސީގައި 21 އަހަރު ވަޒީފާ އަދާކުރައްވާފައިވާ ޝާހިދާ ވަނީ 2018ގެ މޯސްޓް ޓެލެންޓަޑް އެޗްއާރު ލީޑާސް އެވޯޑާއި އެމްޑަބްލިޔުއެސްސީގެ އަހަރުގެ އެންމެ ހިންގުންތެރި މުވައްޒަފުގެ އެވޯޑު ވެސް ހޯދައިފައެވެ.

މޯލްޑިވްސް އެޗްއާރު އެވޯޑްސް 2019ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ.