ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގއ. ވިލިނގިލީ ބްރާންޗު ފަޅާލި މައްސަލައިގައި ހަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހަ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެސްއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ބީއެމްއެލްގެ ގއ. ވިލިނގިލީ ބްރާންޗުން ގިނަ އަދަދެއްގެ ފައިސާތަކެއް ނަގާފައިވަނީ ފުރާޅު ހަލާލުކޮށްލައިގެން އެތެރެއަށް ފައިބައި، ތިޖޫރިތަކަށް ގެއްލުންދިނުމަށްފަހުއެވެ. އެ މީހުން ނެގީ ކިހާ އަދަދެއްގެ ފައިސާއެއް ކަމަށް އަދި ހާމަކޮށްފައެއް ނުވެއެވެ.
ބީއެމްއެލްގެ ގއ. ވިލިނގިލި ބްރާންޗު ފަޅާލި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.