ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު ހޮވަން ރުހުން ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފި އެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރަކު ވަނީ މިކަން ދާދި ދެންމެ "ވަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
މީގެ އިރުކޮޅެއް ކުރީން ބޭއްވި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ 50 މެންބަރުންނެވެ. އޭގެ ތެރެއިން 32 މެންބަރުން ވަނީ މަހާޒު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ވިޕު ނެރެން ވޯޓު ދެއްވައިފަ އެވެ.
މަހާޒު ހޮވަން އެމްޑީޕީ ޕީޖީ ގުރޫޕުން ތްރީލައިން ވިޕު ނެރުމާ ގުޅިގެން، ދިޔާނާ ސައީދު އެ މަގާމަށް ހޮވުމުގެ ފުރުސަތު ވަނީ ގާތްގަނޑަކަށް ގެއްލިފައި ކަމަށް އެމްޑީޕީ ޕީޖީ ގުރޫޕުގެ މެންބަރަކު ދާދި ދެންމެ "ވަން" އަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ ވިޕާ އެއްގޮތަށް ހުރިހާ ބޭފުޅުން ވެސް ވޯޓު ދެއްވާނެ ކަމަށް. އެއީ އާންމު އުސޫލަކީ." މެންބަރު ވިދާޅުވި އެވެ.