އެމްޑީޕީން ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާނުންގެ ހިތްވަރުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ވާގޮތުގައި އެ ޕާޓީގެ ހުސްވެފައިވާ ނައިބުރައީސްކަމުގެ މަގާމާއި ހިންގާ ކޮމެޓީއަށް ޕްރޮވިންސް އަދި ސިޓީތަކުން އިންތިހާބު ކުރެވޭ މެންބަރުކަމުގެ މަގާމާއި ކޮންމެ ރަށަކުން އިންތިހާބު ކުރެވޭ ފޯކަލް ޕޮއިންޓާއި އެއް ދާއިރާއަށްވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ ރަށްރަށުން ކޮންމެ ދާއިރާއަކުން އިންތިހާބު ކުރެވޭ ފޯކަލް ޕޮއިންޓްގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު 13 ނޮވެމްބަރު 2018 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ އިތުރުކޮށްފަ އެވެ.
އިންތިހާބަށް ކުރިމަތުލުމަށް އެދޭ ފޯމް އެޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް https://mdp.org.mv އިން ލިބެން ހުންނާނެ ކަމަށް ވެސް އެމްޑީޕީ ގެ ބަޔާނުގައި ވެއެވެ.