ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީން ވަކިވެ، މަހިންދަ ރާޖަޕަކްސަ ސްރީލަންކާ ޕީޕަލްސް ޕާާޓީއާ ގުޅިވަޑައިގެންފިއެވެ.
ލަންކާގެ ރައީސް ސިރިސޭނާއަށް ލިބިފައިވާ ބާރުގެ ދަށުން އެގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންގ މަގާމުން ދުރުކުރައްވައި ބޮޑުވަޒީރުކަން ވަނީ ރާޖަޕަކްސައަށް ދެއްވާފައެވެ.
ރާޖަޕަކްސަ ޕާޓީ ބަދަލުކުރެއްވުން ބެލެވެނީ އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ރައީސް ސިރިސޭނާ އިއުލާން ކުރައްވާފައިވާ އާންމު އިންތިހާބުގައި ވަކި ޕާޓީއެއްގެ ގޮތުގައި ކުރިމަތިލެއްވުމަށް ކުރައްވާ މަސައްކަތެއްގެ ގޮތުގައެވެ.
ރާޖަޕަކްސަގެ ބައްޕާފުޅަކީ 1951 ވަނަ އަހަރު ސްރީލަންކާ ޕީޕަލްސް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
ސްރީލަންކާ ފްރީޑަމް ޕާޓީއަކީ މިދިޔަ އަހަރު ރާޖަޕަކްސަގެ ސަޕޯޓަރުންތަކެއް އުފެއްދި ޕާޓީއެކެވެ. ލަންކާގެ ސިޔާސީ މަޝްރަހާ ގުޅުމަށް އުފެއްދި މިޕާޓީން ވަނީ ލަންކާގެ ލޯކަލް ކައުންސިލްގެ 340 ގޮނޑި ކާމިޔާބުކުރައްވާފައެވެ.
އުމުރުފުޅުން 72 އަހަރުފުޅުގެ ރާޖަޕަކްސަ ވަނީ ލަންކާގެ ރައީސްކަމުގައި 10 އަހަރު ހޭދަކުރައްވާފައެވެ.