އެމެރިކާ

އެމެރިކާގެ ކޮންގްރެސްއަށް ހޮވުނު އެންމެ ހަގު އަންހެނަކަށް އޮކާސިއޯ

އެމެރިކާގައި މިހާރު ކުރިއަށްދާ މިޑްޓާމް އިލެކްޝަންގެ ސާފު އަގުލަބިއްޔަތު ޑިމޮކްރެޓިކް ޕާޓީއިން ކާމިޔާބު ކޮށްފައިވާއިރު އެ ޕާޓީގެ އެލެކްސެންޑްރާ އޮކާސިއޯ ކޯޓޭޒް އަށް އެގައުމުގެ ކޮންގްރެސްއަށް މިހާތަނަށް ހޮވުނު އެންމެ ހަގު އަންހެނެކަށް ހޮވިއްޖެއެވެ.

މިދިޔަ މަހު 29 އަހަރު ފުރުނު އޮކާސިއޯ ހޮވިފައިވަނީ އެމަގާމުގައި ހުރި ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓް ކަމުގައިވާ އެލިސް ސްޓެފައިންކްއާ ވާދަކޮށްގެންނެވެ.

އޮކާސިއޯ ވަނީ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ޖޯ ކްރޯލޭއާ ވާދަކޮށް ބޮޑު އަގްލަބިއްޔަތަކުން ޕްރިމަރީ މިއަހަރު ކުރީކޮޅު ކާމިޔާބު ކޮށްފައެވެ.

ލެޓީނާ އަށް ނިސްބަތްވާ އޮކާސިއޯ ވަނީ އެ ޕާޓީގެ ކަންކަމުގައި ޖެހިލުން ނުވެ ބަސް ބުނާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިގެން ގޮސްފައެވެ.

މިއަދު ކުރިއަށްދިޔަ އެމެރިކާގެ މިޑްޓާމް އިލެކްޝަނުގައި އަންހެނުންނަށް ގިނަ ގޮނޑިތައް ކާމިޔާބު ވެފައިވާއިރު އެމެރިކާގެ ތާރީހުގައި ވެސް ފުރަތަމަ ދެ އަންހެނުން ކޮންގްރެސްއަށް ހޮވުނު ފުރަތަމަ ފަހަރަށް މި އިލެކްޝަނަށް ވަނީ ވެގެން ގޮސްފައެވެ.