ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެމްޑީޕީން އެދިއްޖެ އެވެ.
މިކަން ހާމަކޮށްފައި ވަނީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގަ އެވެ.
އާޒިމްގެ ޓުވީޓުގައި، އެމްޑީޕީން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް އެދިފައިވަނީ ގާނޫނު އަސާސީގެ 45 ވަނަ މާއްދާގެ ދަށުން ކަމަށް ވިދާޅުވެފައި ވެއެވެ. ނަމަވެސް މި ޖަލްސާ ބޭއްވުމަށް އެދިފައިވަނީ ކޮންކަމަކާއި ގުޅިގެން ކަމެއް އާޒިމް ހާމައެއް ނުކުރެއެވެ.