މުހައްމަދު އައުޒަމް
އެމެރިކާގައި މިވަގުތު ކުރިޔަށްދާ މިޑްޓާމް އިންތިހާބުގައި ހައުސް އޮފް ރިޕްރެޒެންޓިވްސްގެ ގިނަ ގޮނޑިތަކެއް ހޯދައި ޑިމޮކްރެޓިކް ޕާޓީ އިން ބޮޑު ކާމިޔާބީ އެއް ހޯފައިފިއެވެ.
ޑިމޮކްރެޓިކް ޕާޓީ އިން ހައުސް އޮފް ރިޕްރެޒެންޓިވްސްގެ އަގުލަބިއްޔަތު ހޯދައިފައިވާއިރު މިކަމުގެ ސަބަބުން ރައީސް ޓްރަމްޕްގެ މެޖޯރިޓީ ގެއްލި ބާރުވަނީ ދަށްވެފައެވެ.
އެގޮތުން ޑިމޮކްރެޓިކް ޕާޓީއަށް 23 ގޮނޑި އިތުރަށް ލިބިފައިވާ އިރު މިއީ 2010 ވަނަ އަހަރަށް ފަހު މިހާތަމަށް ގާނޫން ހަދާ މަޖިލީހުގައި މިހާ ބޮޑު ކާމިޔާބެއް ލިބިގެން ދިޔަ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.
ރިޕަބްލިކަން ޕާޓީގެ ބާރު ހައުސް އޮފް ރިޕްރެޒެންޓިވްސް އަށް ދަށް ވުމާ ގުޅިގެން އެމެރިކާ ސަރުކާރުން ހުށަހަޅާ ކަންކަން ހުއްޓުވުމުގެ ބާރު ޑިމޮކްރަޓުންނަށް ވަނީ ލިބިފައެވެ. މިކަމުގެ ސަބަބުން ރައީސް ޓްރަމްޕް އަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ވަނީ ބެލެވިފައެވެ.