ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން ތިން ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށަނީ

އަހުމަދު ޖައިޝަން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ތިން ރަށެއްގައި ސެލްފް ސާވީސް އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ބީއެމްއެލް އިން އެކުންފުނީގެ އޭޓީއެމްގެ ހިދުމަތް އަލަށް ތައާރަފުކުރަން ނިންމާފައިވަނީ ރ. އަލިފުއްޓާއި ބ. ތުޅާދޫ އަދި ލ. މާވަށުގައެވެ.

ބީއެމްއެލް އިން އަންނަނީ އޭޓީއެމް ބޫތުތައް އެރަށްރަށުގައި ބަހައްޓާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަލިފުށީގެ އޭޓީއެމް ބޫތު ބެހެއްޓުމާ ގުޅޭގޮތުން މިއަދު މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ނިންމާފައިވާއިރު އެ ޕްރޮޖެކްޓަށް ބިޑަށް ހުޅުވާލާނީ މި މަހުގެ 15ގައެވެ.

ތުޅާދޫގައި އޭޓީއެމް ބެހެއްޓުމާ ގުޅޭގޮތުން ޝެޝަން، މި ހަފްތާގެ ބުދަ ދުވަހު ބާއްވަން ނިންމައިފައި ވާއިރު މި މަހު 19ގައި ބިޑަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެއެވެ. އަދި މާވަށުގައި އޭޓީއެމް ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ހުޅުވާލާ ތާރީހަކީ މި މަހުގެ 22 އެވެ.

ބީއެމްއެލް އިން ވަނީ މިހާތަނަށް ރާއްޖޭގެ 100 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ތައާރަފުކޮށްފައެވެ.