ލަންކާގެ ޓެމިލް ނޭޝިނަލް އެލައިންސްގެ މެމްބަރުންތައް ރާޖަޕަކްސާ ގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ތާއީދު ކުރަން ނިންމައިފިއެވެ.
މަޖިލީހުގެ ތަމަޅަ ޕާޓީތައް އެއްވެގެން ހަދާފައިވާ މައިނޯރިޓީ ކޯލިޝަން ކަމަށްވާ ޓެމިލް ނެޝިނަލް އެލައިންސް (ޓީއެންއޭ) އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި ބުނީ ގޮތުގައި މިދިޔަ ހަފްތާގައި ރާޖަޕަކްސާ މަގާމަށް އައްޔަންކޮށްފައި ވަނީ ގާނޫނާއި ގަވައިދާ ހިލާފަށްކަ މަށެވެ. އަދި ވަކި ކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންގްހަ އަށް އެއްބާރުލުން ދީ ރާޖަޕަކްސާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރަނިލް އާ އެއްކޮޅަށް ވޯޓުދޭން ވަނީ ނިންމައިފަ އެވެ.
ލަންކާގެ މަޖިލީހުގެ 225 މެމްބަރުންގެ ތެރެއިން މި މައިނޯރިޓީ ކޯލިޝަންގައި 15 މެންބަރުން ތިބޭއިރު، ރާޖަޕަކްސާގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ ފަސޭހައިން ކާމިޔާބު ކުރެވިދާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ތަމަޅަ މެންބަރުން ބުނެއެވެ. މި ވޯޓު ކާމިޔާބު ކުރުމަށް ރަނިލް އަށް ބޭނުން ވާނީ 113 މެންބަރުންގެ ވޯޓެވެ.
ނަމަވެސް އެނަލިސްޓުން ބުނާ ގޮތުގައި މި ވޯޓު ކާމިޔާބު ކުރާނީ ރާޖަޕަކްސަ އެވެ.