އީދު ބަންދުގެ ތެރެއިން މިމަހުގެ 14 ވަނަ ދުވަހު ބޭންކް ހުޅުވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ އީދުގެ ފުރަތަމަ ތިން ދުވަހަށް ފަހު މިމަހުގެ 14ގައި ބޭންކު ހުޅުވާނެ ކަމަށާއި ބަންދު ދުވަސްތަކުގައި ވެސް ބޭންކުގެ އާންމު ހިދުމަތްތައް ލިބޭނެ ކަމަށެވެ.
އީދު ބަންދުގެ ހުރިހާ ދުވަހަކު ވެސް އިންޓަނެޓް/މޯބައިލް ބޭންކިންގް އަދި އޭޓިއެމްގެ ހިދުމަތް ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ބީއެމްއެލްގެ 24/7 ކޮންޓެކްޓް ސެންޓަރުވެސް އީދުގައި ހުންނާނީ ހުޅުވާފައި ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.
މިއަހަރު ހައްޖު ދުވަހަކީ އޮގަސްޓް 10 އެކެވެ. އެއީ އަންނަ ހޮނިހިރު ދުވަހެވެ. އީދު ދުވަހަކީ އަންނަ އާދިއްތަ ދުވަހެވެ. އެއީ އޮގަސްޓް 11 ވަނަ ދުވަހެވެ.