ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެނެސްފި

1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެނެސްފިއެވެ.

ކުރިއަށް އޮތް ދައުރު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރުގެ ފަރާތުން ހިމެނެނީ ހަ ޑިރެކްޓަރުންނެވެ. އަދި އާންމު ހިއްސާދާރުންގެ ތެރެއިން ހިމެނެނީ ތިން ޑިރެކްޓަރުންނެވެ. ބީއެމްއެލްގެ ބޯޑަށް ޑިރެކްޓަރުން އިންތިހާބުކޮށްފައިވަނީ މިރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ނެގި ވޯޓަކުންނެވެ.

ބީއެމްއެލްގެ ބޯޑުގައި ސަރުކާރުގެ ފަރާތުން ހިމެނެނީ ސީއީއޯ ޓިމޮތީ ސޯޔަރ އާއި ޖުވައިރިޔާ ސައީދާއި ސަނާ މަންސޫރާއި ނަޖީމް އިބްރާހިމް ޒަކަރިއްޔާ އާއި ހައްވާ ޝަފްނާ އަދި ހުސައިން ތައުފީގު އަލީއެވެ. އޭގެ ތެރެއިން ހައްވާ ޝަފްނާއަކީ މިދިޔަ ދައުރުގައި ވެސް ސަރުކާރުގެ ފަރާތުން ބޯޑުގައި ހިމެނުނު ޑިރެކްޓަރެކެވެ.

އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް ހޮވުނު ތިން ބޭފުޅުންގެ ތެރެއިން މުހައްމަދު އަބްދުއްސައްތާރާއި އިބްރާހިމް މުހައްމަދަކީ ކުރިން ވެސް އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑުގައި ހިމެނެނު ދެ ބޭފުޅުންނެވެ. އޭގެ އިތުރުން އަލަށް ޑިރެކްޓަރުންގެ ބޯޑަށް ހޮވިފައިވަނީ އަހްމަދު މުހައްމަދެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟