އެމްޑީޕީ

އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެމްޑީޕީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި

އެމްޑީޕީގެ 14 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެމްޑީޕީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.

މި ރަސްމިއްޔާތު މިއަދު ހެނދުނު ކުރިއަށް ގެންގޮސްފައިވަނީ ބޮޑުތަކުރުފާނުމަގު އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީ ހަރުގެ ސަރަހައްދުގައެވެ. އެގޮތުން މި ރަސްމިއްޔާތުގައި ރާއްޖޭގެ ގައުމީ ދިދަ ނަންގަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ. އަދި އެމްޑީޕީގެ ދިދަ ނަންގަވާފައިވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީގެ އިސްވެރިންގެ އިތުރުން، ކެބިނެޓް މެންބަރުން، މަޖިލިސް މެންބަރުން އަދި އެމްޑީޕީގެ ގިނަ އަދަދެއްގެ އާންމު މެންބަރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.