ޝަހީދާ އަބްދުﷲ ސައީދު
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މަގާމުތަކަށް ކުރިމަތިލުމަށް އެޕާޓީން ފުރުސަތު ހުޅުވައިލައިފިއެވެ.
އެމްޑީޕީން މިއަދު ބުނީ އެޕާޓީގެ ޕީޖީ ގްރޫޕުގެ މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިިންތިހާބު އޮންނާނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހު ހަވީރު 4:00 އިން 5:00 އަށް ކަމަށެވެ. ޕީޖީ ގްރޫޕަށް އިންތިހާބުކުރާ މަގާމުތަކުގެ ތެރޭގައި ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަކާއި ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ދެ ބޭފުޅަކު ހިމެނެއެވެ.
އަދި އަމީންއާންމު އާއި އަމީންއާންމުގެ ނައިބުގެ އިތުރުން ޗީފް ވިޕަކާއި ޗީފް ވިޕުންގެ ގޮތުގައި ހަ ބޭފުޅަކު އިންތިހާބުކުރަން ނިންމާފައިވާކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
މިމަގާމުތަކަށް ކުރިމަތިލާ މެންބަރުން މިމަހުގެ 30 ވަނަ ދުވަހުގެ 4:00 ގެ ކުރިން އެމެންބަރަކު ކުރިމަތިލައްވާ މަގާމު އެނގޭ ގޮތަށް ޕާޓީގެ ސެކްރެޓޭރިއެޓަށް ލިޔުން ފޮނުވުމަށް އެމްޑީޕީން އެދިފައިވެއެވެ.