އެއްބަޔަކަށް މައްސަލައަކަށް ވަނީ އެމްޑީޕީން ކުރީން ކިޔަަމުން އައި ލަވަ އެވެ. ޑިމޮކްރެސީގެ ނަމުގައި ދެއްކި ބަހަނާ ތަކެވެ. އާއިލީ ވެރިކަން އެއީ ކަމު ނުދާ ކަމެއްގެ ގޮތުގައި ވިއްކި ވިއްކުމެވެ. ވެރިކަމުގެ ނިޒާމުގެ އެންމެ އިސް މަގާމު ތަކުގައި އާއިލީ ގޮތުން ގާތް މީހުން ތިބުމަކީ ޑިމޮކްރެސީއާ ބީރައްޓެހި ކަމެއްގެ ގޮތުގައި ވިސްނައިދިން ވިސްނައިދިނުމެވެ.
އެމްޑީޕީ އަކީ އަބަދުވެސް ހައްގުގެ މަގަށް ވާހަކަދައްކާ ޕާޓީ އެކެވެ. ޑިމޮކްރެސީގެ ނަމުގައި އަޑު އުފުލާ ޕާޓީ އެކެވެ. އާއިލީ ވެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލާ ޕާޓީއެކެވެ. މި ކަންކަމަކީ ހެޔޮ ވެރިކަމުގެ ނިޒާމާ ބީރައްޓެހި ކަންކަން ކަމަށް އަޑު އުފުލުމަކީ އެމްޑީޕީގެ ފަލްސަފާއަކަށް އޮތީ ވެފަ އެވެ. އަދި ރައްޔިތުން އެމްޑީޕީ ބަލައިގެންފައި ވަނީ ވެސް އިސްލާހަށް މަސައްކަތް ކުރާ ބަޔެއްގެ ގޮތުގަ އެވެ.
މިރޭ ހުވާ ކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި ހޮވިވަޑައިގެންފައިވާ މެންބަރުންނަކީ ވެސް މި ބުނި ގޮތުގެ މަތީން ހޮވިވަޑައިގެންފައިވާ މެންބަރުންނެވެ. އެ މެންބަރުން ރައްޔިތުން ހޮވީ ގައުމު އިސްލާހު ކުރާން ރައްޔިތުން ބޭނުންވެފައި ތިބި ވަރުންނެވެ. އާއިލީ ވެެރިކަމާއި އަނިޔާވެރިކަމުން ގައުމު ސަލާމަތް ކުރުމަކީ އެމްޑީޕީއަށް 65 ގޮނޑި ރައްޔިތުން ދިން މައިގަނޑު ސަބަބަުތަކެވެ.
އެހެން ނަމަވެސް ރޭ އޮތް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލުވުމުގައި މެންބަރުންގެ އިތްތިފާގުން ނިންމެވި ނިންމެވުމާ އެކު އެމްޑީޕީއާ މެދު ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހިފަ އެވެ. ޕާޓީގެ އިސް ބައެއް އެކްޓިވިސްޓުން އަންނަނީ އެ ނިންމުމަށް ފާޅުގައި ފާޑުކިޔަމުންނެވެ. ރައީސް ނަޝީދާއި އީވާ އަކީ ދެބޭންގެ ދެދަރި ދެބޭން ކަމަށް ވާ އިރު، ތިންބާރުގެެ ތެރެއިން އެއް ބާރު އެ ދެބޭންގެ އަތް މައްޗަށް ދޫކޮށްލުމަކީ އެމްޑީޕީން ވަކާލާތުކުރަމުން އަންނަ ހެޔޮ ވެރިކަމާ ބީރައްޓެހި ކަމެއް ކަމަށް އެފަދަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި މަޖިލީހުގެ ރައީސަކަށް އެމަނިކުފާނުގެ ކޮއްކޯފުޅު، އަބްދުﷲ ހަމީދު ހުންނެވުން އެއީ އޭރު އެންމެ ބޮޑަށް ފާޑު އަމާޒުވި އެއް މައްސަލަ އެވެ. ރައީސް މައުމޫނުގެ އާއިލީ ވެރިކަމަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދު އަދި އެމްޑީޕީގެ އިސް އެކްޓިވިސްޓުން ހިމެނެ އެވެ.
ރޭގެ ޖަލްސާއިން ކަންކަން ނިމިގެން ދިޔައީ އެއްވެސް މީހަކު ހީނުކުރާ ގޮތަށް ނަމަވެސް، އެކަން ވެ ނިމިގެން ދިޔަ މަރުހަލާފައި ފެނުނު މަންޒަރުތަކުން، އަދި އެތަނުގައި ތިބި މީހުންގެ މޫނުމަތީން ފެނުނީ އެއީ ރޭވިގެން ހިނގި ކަމެއްގެ ގޮތުގައެވެ. އެއްވެސް މީހެއްގެ މޫނުމަތީން ހައިރާންކަމެއް ނުފެނެ އެވެ. ފާއިތުވި ދެތިން ދުވަހު، ހަސަން އަފީފާއި މުހައްމަދު އަސްލަމްގެ މަސް މީސް މީޑިއާގައި އޮތީ ކާނެ ވަރަކަށް ކާން ދޫކޮށްލައިފަ އެވެ. އެކަން ކުރީ ރައީސް ސޯލިހުގެ ފެކްޝަނޭ ކިޔާ ބަޔަކާއި ރައީސް ނަޝީދުގެ ފެކްޝަނޭ ކިޔާ ބަޔެއް ކަމަށް އެއް ބަޔަކު ބުނާ އިރު އަނެއް ބަޔަކު ބުނަމުން ދިޔައީ އެއީ ސިއްކަ އާއިލާ އާއި ކެރަފާ އާއިލާގެ ކޯޅުމެއް ކަމަށެވެ.
ކޮންމެޔަކަސް، ޖަލްސާގެ މެދުން ފެނުނީ ކުއްލިއަކަށް އަސްލަމް ތެދުވެވަޑައިގެން، މަޖިލީހުގެ ރައީސް ކަމަށް ރައީސް ނަޝީދުގެ ނަންފުޅު ހުށަހެޅުއްވި ތަނެވެ. އަދި އެއީ އަފީފުވެސް ބޭނުންފުޅުވާ ގޮތް ކަމަށް އަސްލަމް ވިދާޅުވި އެވެ. އަފީފުވެސް ތެދުވެވަޑައިގެން އަސްލަމްގެ ވާހަކަ ތަކުރާރުކުރައްވައި ވިދާޅުވީ ޕާޓީއަށް ޓަކައި މިކަމަށް އޮތް ހަމަ އެކަނި ހައްލަކީ ރައީސް ނަޝީދު ޕާޓީގެ ފަރާތުން މަޖިލިސް ރައީސް ކަމާ ހަވާލުވެވަޑައިގަތުން ކަމަށެވެ. މި ވާހަކަތައް ދެކެވެމުން ދިޔަ އިރު، އެންމެ ހައިރާން ކުރުވަނިވި ކަމަކީ ފަހަތުގައި އިންނެވި، ކުރީން އަސްލަމްއާ އެކު މަޖިލިސްގެ ނައިބު ރައީސް ކަމަށް ކެމްޕޭން ކުރެއްވި އީވާގެ މޫނު މަތީން ވެސް، އަދި ކުއްލިއަކަށް ނަން ހުށަހެޅުމުން ރައީސް ނަޝީދުގެ މޫނުފުޅު މަތީން ވެސް، އެއްވެސް ކަހަލަ ހައިރާން ކަމެއް ނުފެނުމެވެ. ބޮޑަށް ހީވީ އެއީ މާކުރީން ވެސް ރޭވިފައި އޮތް ގޮތް ކަމަށެވެ. އެއްވެސް ހާލެއްގައި މިވަރުގެ ބޮޑު ބަދަލެއް އައި އިރު، ފެންނާނެ އެއްވެސް ކަމެއް ނުފެނެ އެވެ.
ބައެއް މީހުން މީސް މީޑިއާގައި ބުނެފައިވާ ގޮތުގައި މީ ބަޔަކު މީހުން ރާވައިގެން ކުޅުނު ޑްރާމާ އެކެވެ. މިކަން ރައީސް ރޭވިފައި އޮތް ގޮތް ރައީސް ނަޝީދަށް ވެސް އަދި ރައީސް ސޯލިހަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.
"މަޖިލީހުގެ ރައީސް ކަމަށް ގެނެވޭން އޮތީ އިބޫ ބޭނުން މީހެއް. މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ރައީސް ނަޝީދު އޯކޭ. އެއީ މައްސަލައެއް އޮތް ކަމެއް ނޫން. އެކަމަކު ހަގީގަތް އޮޅުވާލައިގެން ތިބެ އަސްލަމާއި އަފީފު ޖައްސުވައި ޕާޓީގެ އިސް އެހެން މީހުން ޖައްސުވައި ހެދުމަކީ ވަރަށް ދެރަ ކަމެއް. އެކަންކަން އެތައް ދުވަހަކަށް ދެމިގެން ދާނެ." ޚިޔާލު ފާޅުކުރި އެކަކު ބުންޏެވެ.
އެހެން މީހަކު ބުނީ ކޮރަޕްޝަނާއި އަނިޔާވެރިކަމާއި ޚުދުމުޚުތާރު ވެރިކަމަކަށް ވާރުތަކުރާ އެންމެ ބޮޑު ސިފަޔަކީ އާއިލީ ވެރިކަން ކަމަށާއި އެމަގަށް އެމްޑީޕީ ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ރޭގެ މުޅި މަޖިލީހުން ފާސްކުރުމުން ދައްކުވައިދެނީ އެމްޑީޕީން މަޖިލީހަށް ހޮވިފައި ތިބި އެންމެން ވެސް އާއިލީ ވެރިކަމަށް އޯކޭ ވުން ކަމަށް އޭނާ ބުންޏެވެ.
"ވޯޓު ދިން އެންމެނަށް ވެސް އެބަ އެނގޭ މަޖިލީހަކީ ތިން ބާރުން ކުރެ އެއް ބާރުކަން. އަދި ހަމަ އެހެންމެ ރައީސް ނަޝީދާއި އީވާ އަކީ ދެބޭންކަން ނޭނގޭ މީހަކުވެސް ނެތް. އެހެން އެކަން އޮއްވައި ރައީސް ކަމަށް ނަޝީދު ނައިބަކަށް އީވާ ނެގުމަކީ އެ މެންބަރުން ވެސް އާއިލީ ވެރިކަމަށް ތާއީދުކުރުން ނޫން ދެން ކޮން ކަމެއްްތޯ؟ އަޅުގަނޑުމެން ވެރިކަން ބަދަލުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ދިނީ މިދުވަސް ދެކޭކަށް ނޫން." ހިތްހަމަ ނުޖެހި ހުރެ ދެވަނަ މީހާ އޭނާގެ ޚިޔާލު ފާޅުކުރި އެވެ.
މީސް މީޑިއާގައި މި މައްސަލައާ ގުޅިގެން އެތައް ބަޔަކު އަޑު އުފުލަމުން އަންނަ އިރު، މައިގަނޑު މައްސަލައަށް ފާހަގަ ކުރަނީ ދެބޭން މަޖިލީހުގެ އެންމެ މަތީ ދެ މަގާމަށް އައުމުގެ މައްސަލަ އެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވާ ނަމަ، ނައިބު ރައީސް ކަމަށް އެމްޑީޕީން އީވާ ނެރެގެން ނުވާނެ އެވެ. އަދި އީވާ ވެސް ޑިމޮކްރެސީގެ ހަމައިން ކަންކަން ކުރައްވާ ނަމަ ރައީސް ނަޝީދުގެ މަޖިލިސް ރައީސް ކަމުގައި، އެ މަޖިލީހުގެ ނައިބު ރައީސްކަން ގަބޫލު ނުކުރައްވާނެ ކަމަށް ބައެއް މީހުން ދެކެ އެވެ.
ކޮންމެޔަކަސް މިރޭ މަޖިލިސް ހުވާ ކުރުމާ އެކު، މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ކަމަަށް ބޭފުޅުން އިންތިޚާބު ކުރާނެއެވެ. މި މައްސަލަ މީސް މީޑިއާގައި ކިތަންމެ ބޮޑުވެފައި ވީ ނަމަވެސް، ބަދަލެއް ގެނައިކަން އެއްވެސް ދިމާއަކުން އެނގިފައެއް ނުވެ އެވެ. ރޭ އެމްޑީޕީން ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުގައި މިރޭ ނިންމައިފި ނަމަ، މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ކަމުގައި ތިއްބަވާނީ ކެރަފާ އަބްދުއް ސައްތާރުގެ މުހައްމަދު ނަޝީދާއި ކެރަފާ ޒުހޭރާގެ އީވާ އަބްދުﷲ އެވެ.