އެމްޑީޕީ

ރައީސް ނަޝީދުގެ ދަރިފުޅު: މިހުރީ ބުނާނެ އެއްޗެއް ނޭނގިފަ، ބައްޕަގެ ބަހުސް ކުރުމުގެ ހުނަރު ނުފެންނާނެތީ ދެރަވޭ

2

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާނެ ނަމެއް ނިންމުމަށް ރޭ ބޭއްވި އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުން އެންމެ ފަހު ވަގުތު ކަންތައްތައް ނިމިގެން ދިޔަ ގޮތުން، ލިބިވަޑައިގެންނެވީ ހައިރާން ކަމެއް ކަމަށް ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ވިދާޅުވެއްޖެ އެވެ.

މީރާ ރޭ ދަންވަރުގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ އިވެންޓުގެ ކުރީން އޭނާގެ ފޯނު ދެ ގަޑިއެއްހާ އިރަށް އޮފްކޮށްލެއްވި ކަމަށާއި އެ ހުރިހާ ކަންތައްތަކެއް އެނގިވަޑައިގަތީ ފޯނު އޮންކޮށްލެއްވުމުން ކުއްލިއަކަށް ކަމަށެވެ.

އެ ކަމާ ގުޅޭ ގޮތުން އޭނާ ވަނީ އިތުރު ބައެއް ޝުއޫރުތައް ވެސް ފާޅުކުރައްވައިފަ އެވެ. އެ ގޮތުން މި ކަމުގައި މިދިޔަ ދެތިން ދުވަހަކު މީސް މީޑިއާގައި ދެކެވުނު ވާހަކަ ތަކަށް އިޝާރާތްކޮށް ވެސް އޭނާގެ ބައެއް ޓުވީޓުތަކުގައި ވާހަކަދައްކަވައިފައިވެ އެވެ.

"މިހާރު ދެން ގައުމު ހިންގުމާއިގެން ކުރިޔަށް ދާންވީ. މީގަ އެއްވެސް މީހަކު މޮޅުވި ކަމަކަށް ނުދެކެން. އެކަމަކު ތަންކޮޅެއް ބޮޑަށް ތަސައްރަފު ފުދެން ޖެހޭ މީހުންގެ މެދުގައި ހިތްނުތަނަވަސްކަން މިހާރު އެބަހުރި." މީރާގެ އެއް ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

އޭނާގެ އެހެން ޓުވީޓެއްގައި ވިދާޅުވީ ބައްޕަ އާއި އީވާގެ ބިނާ ކުރަނިވި ބަހުސްތައް ފެނިވަޑައިގަތުމުގެ ފުރުސަތު ދެން ނޯންނާނެތީ ހިތާމަކުރައްވާ ކަމަށެވެ.

މީރާގެ އެއް ޓުވީޓުގައި ވަރަށް އެހެން ކަހަލަ ވާހަކައެއްވެސް ވިދާޅުވެފައިވެ އެވެ.

"މިހާރު ދެން އެއްކަމެއްގެ ޔަގީންކަން އަޅުގަނޑަށް ދެވިދާނެ. އެއީ މިހާރު މަޖިލީހުގެ ރައީސް ބަޣާވާތެއް ގެންނާން ސަޕޯޓެއް ނުކުރައްވާނެކަން." މީރާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟