ކުރިއަށް އޮތް ފިތުރު އީދުގެ ހަރަކާތްތައް ސޯޝަލް މީޑިއާގައި ޝެއާކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ބެންކުން ހުޅުވާލައިފިއެވެ.
ބީއެމްއެލްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އީދު ހަރަކާތްތަކުގެ ތެރެއިން އާއިލާއާއި ރަހުމަތްތެރިންނާއެކު ހޭދަކުރާ ވަގުތުތަކުގައި ނަގާ ފޮޓޯތައް މީސް މީޑިއާގައި ހިއްސާކުރާއިރު ހޭޝްޓެގެއް ބޭނުންކުރަންޖެހޭނެ ކަމަށެވެ.
އެގޮތުން #އީދުކިހިނެއް (#Eidkihineh) މި ހޭޝްޓެގް ޓެގް ކޮށްފައި ޕޯސްޓުކުރާ ފޮޓޯތަކުގެ ތެރެއިން ތިން ފޮޓޯއެއް ހޮވާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
ފޮޓޯތައް ޕޯސްޓު ކުރުމުގެ ފުރުސަތު ޖޫން ހަތަރަކުން ހަޔަކަށް ހުޅުވާލާފއިވާއިރު، ނަސީބުވެރިން ހޮވާނީ ޖޫން ނުވައެއްގައި ކަމަށް ބުނެފައިވެއެވެ.
މި ތިން ފޮޓޯ ޝެއާކޮށްގެން ހޮވޭ ކޮންމެ ނަސީބުވެރިއަކަށް 5000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ.