ކޯޕަރޭޓް މޯލްޑިވްސް

މޯލްޑިވްސް ގެޓްއަވޭސް ގެ ނަން އޮރްކާ މީޑިއާ ގްރޫޕްގެ ނަމަށް ރީބްރޭންޑްކޮށްފި

އޮރްކާ މީޑިއާ ގްރޫޕްގެ ނަމަށް ނަން ބަދަލުކޮށް މޯލްޑިވްސް ގެޓްއަވޭސް ރީބްރޭންޑްކޮށްފި އެވެ.

މޯލްޑިވްސް ގެޓްއަވޭސް ރީބްރޭންޑް ކޮށްފައިވަނީ އެ ކުންފުނިން މިހާރު ހާއްސަވާ މާކެޓިންގް އަދި ޕީއާރު ނޫން އިތުރު އެހެން ދާއިރާތަކަށް ބައިނަލްއަގްވާމީ މިންގަނޑެއްގައި އެ ކުންފުނި ފުޅާ ކުރުމުގެ މަގްސަދުގައި ކަމަށް އެކުންފުނީން ބުނެ އެވެ.

އެ ކުންފުނީގެ މަގްސަދަކީ ބައިނަލްއަގްވާމީ މީޑިއާއެއްގެ ގޮތުގައި ތަފާތު ޕްރިންޓް މީޑިއާގެ އިތުރުން ޑިޖިޓަލް މީޑިއާ އަދި ފޭސް ޓު ފޭސް އިވެންޓްސް ކުރިއަށް ގެންދިއުން ކަމަށާއި މީގެ އިތުރުން އިވެންޓް މެނޭޖްކުރުމާއި، ޕަބްލިޝްކުރުން، ވީޑިއޯގްރަފީ އަދި އެކި ޕްލެޓްފޯމްތަކަށް ކޮންޓެންޓް ކްރިއޭޓް ކުރުން ފަދަ މަސައްކަތްތައްވެސް އޮރްކާ މީޑިއާ ގްރޫޕް އިން ކުރާނެ ކަމަށް ބުނެފައިވެ އެވެ.

މި ބަދަލާއެކު މޯލްޑިވްސް ގެޓްއަވޭސް އިން ކުރިން ކުރިއަށް ގެންދިޔަ ގޯލްޑް 100، ޓީޓީއެމް ފެއާ އަދި އިންޑިއަން އޯޝަން ބިސްނަސް ފެސްޓިވަލް ފަދަ އިވެންޓްތައް އޮރްކާ މީޑިއާ އިން ކުރިއަށް ގެންދާނެކަމަށް މޯލްޑިވްސް ގެޓްއަވޭސް އިން ބުނެއެވެ. އަދި މޯލްޑިވްސް ގެޓްއަވޭސް ރީބްރޭންޑް ކުރިނަމަވެސް ކުރިން އެ ކުންފުނިން ހިންގަމުން އައި ހުރިހާ އިވެންޓްތަކަކާއި ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.