އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މީހަކު އައްޔަންކުރައްވައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމަށް އައްޔަންކޮށްފައިވަނީ މ. ދިއްގަރު، ޕްރޭމްނަގަރު، މުހައްމަދު އިހްސާންއެވެ. އިހްސާން ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ޑިޕްލޮމާ އިން ޓީޗިންގ މިޑްލް ސްކޫލް ހާސިލްކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމާ ހަވާލުވުމާ ހަމައަށް އޭނާ ހުންނެވީ މަޖީދިއްޔާ ސްކޫލްގެ ހިސާބު މުދައްރިސެއްގެ ގޮތުގައެވެ.
އިހްސާން މަގާމަށް އައްޔަންކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.