މިއަހަރުގެ ޖުލައި މަހު ބާއްވާ ހަތަރު ވަނަ ވެކޭޝަން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ތިން ފަރާތަކަށް އުމްރާ ދަތުރު ދޭން ހަމަޖައްސައިފިއެވެ.
މި އެކްސްޕޯ އިންތިޒާމުކުރާ، ރާއްޖޭގެ މަޝްހޫރު އިވެންޓް މެނޭޖްމެންޓް ކުންފުނި، ހައިރައިޒްއިން އިން ބުނީ ވެކޭޝަން އެކްސްޕޯ އޮންނާނީ މިއަހަރުގެ ޖުލައި މަހު 2 އިން 4 ގެ ނިޔަލަށް ދަރުބާރުގޭގައި ކަމަށެވެ.
ވެކޭޝަން އެކްސްޕޯ މިދިޔަ އަހަރު ބާއްވާފައިވަނީ ޖުލައި 5 އިން 7 އަށެވެ. މިދިޔަ އަހަރުގެ އެކްސްޕޯގައި 24 އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ.
ވެކޭޝަންސް އެކްސްޕޯ އަކީ ދަތުރު ކުރުމަށް ހާއްސަކޮށް ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި އެކްސްޕޯ އެވެ.
މިދިޔަ އަހަރު ބޭއްވި އެކްސްޕޯއަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.