މުހައްމަދު އައުޒަމް
ހަތަރުވަނަ "ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯވް" ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ތިންދުވަހުގެ މުއްދަތަކަށް ދަރުބާރުގޭގައި ކުރިޔަށްދިޔަ "ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯ" ނިންމާލައިފައިވާއިރު ރެކޯޑު އަދަދަކަށް މީހުން ޒިޔާރަތް ކުރިކަމަށް އެކްސްޕޯ އިންތިޒާމް ކުރި ހައިރައިޒް އިން ވަނީ ބުނެފައެވެ.
"ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯ" ނިންމާލުމަށްފަހު ވަނީ އެކްސްޕޯއަށް ޒިޔާރާތްކުރި ފަރާތްތަކުގެ މެދުގައި ގުރުއަތުނަގައި އަގުހުރި އިނާމްތަކެއް ދީފައެވެ. އެގޮތުން އެގްޒިބިޓަރުން ވަކިވަކިން ސްޓޯލްތަކަށް ޒިޔާރާތްކުރި ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށްފަހު ވަނީ އިނާމު ދީފައެވެ. އަދި މީގެ އިތުރުން މުޅި އެކްސްޕޯއަށް ޒިޔާރާތްކުރި ފަރާތްތަކުގެ މެދުގައި ގުރުއަތު ލުމަށްފަހު ވަނީ އަގުބޮޑު އިނާމްތަކެއް ދީފައެވެ.
"ވެކޭޝަންސް އެކްސްޕޯ" އަކީ ރާއްޖޭގެ ޓްރެެވެލް ޓުއަރިޒަމް އަދި ހޮސްޕިޓޭލިޓީ އިންޑަސްޓްރީ އަށް ހާއްސަކޮށްގެން ބޭއްވޭ އެންމެ ފުރަތަމަ އެގްޒިބިޝަން އެވެ. މި އެގްޒިބިޝަން މެދުވެރިކޮށް ގިނަ އޮފާތަކެއް ލިބިގެން ދިޔަަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރިޒޯޓް ގެސްޓްހައުސްތަކުގެ އަގުހެޔޮ ޕެކޭޖްތަކުގެ އިތުރުން އެއާލައިން ޓިކެޓްވެސް ހެޔޮއަގެއްގައި ލިބިގެންދިޔައެވެ. ހާއްސަގޮތެއްގައި ބޭރުގައުމުތަކުގެ ޓުއަރިޒަމް ބްރޭންޑް ތަކުންވެސް ބައިވެރިވެފައިވާއިރު ވެކޭޝަންސް އެކްސްޕޯގައި މިއަހަރު ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ، މެލޭޝިއާ، ސިންގަޕޫރު، ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝްގެ ޓުއަރިޒަމް ދާއިރާތަކުން ބައިވެރިވެފައިވެއެވެ.
"އެފްއެންޑްބީ ޝޯ" އަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެފްއެންޑްބީ ސެގްމަންޓަށް ހާއްސަކޮށްގެން ގެނެސްދޭ އެގްޒިބިޝަން އެކެވެ. "އެފްއެންޑްބީ ޝޯ"ގައި އެފްއެންޑްބީ ދާއިރާގެ ހޯލްސޭލްސް އަދި ރީޓެއިލްސްގެ އިތުރުން ސަޕްލައިކުރާ ފަރާތްތަކަށް ހާއްސަ ކޮށްގެން ބާއްވާ އެގްޒިބިޝަން އެކެވެ. މީގެ އިތުރުން އެކި ބާވަތްތައް ތައްޔާރުކުރައްވާ ފަރާތްތަކުން ވެސް "އެފްއެންޑްބީ ޝޯ" ގައި ބައިވެރިވެފައިވެއެވެ.
"ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯ" އިންތިޒާމް ކުރަނީ ރާއްޖޭގެ މަޝްހޫރު އިވެންޓް މެނޭޖްމެންޓް ކުންފުނި، ހައިރައިޒް މޯލްޑިވްސް އެވެ.
"ވަން އޮންލައިން" އަކީ "ވެކޭޝަންސް އެކްސްޕޯ" އަދި "އެފްއެންޑްބީ ޝޯ"ގެ އޮންލައިން މީޑިއާ ޕާރޓްނަރއެވެ.