ހައްދުފަހަނަ އަޅާފައިވާ ތިން ޖަމާއަތެއްގެ ހަރަކާތްތައް ސްރީލަންކާގައި މަނާކޮށްފި އެވެ.
ލަންކާގައި މަނާކުރި ތިން ޖަމާއަތަކީ ނެޝަނަލް ތައުހީދް ޖަމާއަތް، ޖަމާއައްތެ މިއްލައްތެ އިބްރާހީމް އަދި ވިލާޔަތް އަސް ސޭލާނި އެވެ. މި ތިން ޖަމާއަތް ލަންކާގައި މަނާކޮށްފައި މި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެ ގައުމަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެންނެވެ.
ލަންކާގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގައި އިއްޔެ އަނެއްކާވެސް ވަނީ ކާފިއު އިއުލާންކޮށްފައެވެ. މީގެ އިތުރުން މީސްމީޑިއާ ވެސް ބްލޮކް ކޮށްފައިވާ އިރު ބައެއް ސަރަހައްދުތަކުން އިންޓަނެޓު ވެސް އިއްޔެ ކަނޑައިލި އެވެ.