ލަންކާ އެޓޭކް 2019

ލަންކާގައި ބޮންގޮއްވި ހާދިސާ: ތުހުމަތު ކުރެވޭ 120 މީހުން ފާއިތުވި 24 ގަޑިއިރު ތެރޭ ހައްޔަރުކޮށްފި

މި މަހުގެ 21 ވަނަ ދުވަހު ލަންކާގައި ދިން ބޮން ގޮއްވުމުގެ ހަމަލާއާ އެކި ގޮތްގޮތުން ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ 120 މީހަކު ފާއިތުވި 24 ގަޑިއިރު ތެރޭ ހައްޔަރުކޮށްފި އެވެ.

ލަންކާގެ ފުލުހުން އެ 120 މީހުން ހައްޔަރުކޮށްގައި ވަނީ، އެ ގައުމުގައި މިހާރު ކުރިޔަށްދާ ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕްރޭޝަނުގެ ތެރެއިންނެވެ.

ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، ގިނަ އަދަދެއްގެ ކަނޑިއާއި ބަޑިއާއި ގޮވާޒާތުގެ ތަކެއްޗާއި އެ ތަކެތި ހަދަން ބޭނުން ކުރާ ސާމާނުވެސް ވަނީ އެ މީހުން ހައްޔަރުކުރުމުގެ ތެރޭ އަތުލައިގެންފަ އެވެ.

ލަންކާގެ ސްކޫލުތައް މި މަހު ހަވަނަ ދުވަހު ހުޅުވަން ވަނީ ނިންމައިފަ އެވެ. އަދި ސްކޫލުތައް ހުޅުވާ އިރު ކޮންމެ ސްކޫލެއްގައި ފުލުހުން ވެސް ބައިތިއްބަން ވަނީ ނިންމައިފަ އެވެ. ލަންކާގައި އިތުރު ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރުތައް ލިބެމުންދާތީ އާއި، އެކި ކަހަލަ ހަތިޔާރާއި ގޮވާ ޒާތުގެ ތަކެތި ފެންނަމުންދާނީ، އެ ގައުމުގެ ހުރިހާ ގެއެއް އަދި ޝައްކު ކުރެވޭ ހުރިހާ ތަނެއް ބަލައި ފާސްކުރާނެ ކަމަށް ރައީސް ސިރިސޭނާ ވަނީ ވިދާޅުވެފަ އެވެ.