ލަންކާ އެޓޭކް 2019

މާދަމާ އިން ފެށިގެން ލަންކާގައި މޫނު ބުރުގާ އެޅުން މަނާކޮށްފި

މާދަމާ އިން ފެށިގެން ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާކޮށްފިއެވެ.

ލަންކާގެ ރައީސް އޮފީހުން ބުނީ މާދަމާ އިން ފެށިގެން އެގައުމުގައި މޫނު ބުރުގާ އެޅުން މަނާކުރަން ނިންމާފައިވާ ކަމަށެވެ.

ލަންކާ އިން މޫނު ބުރުގާ އެޅުން މަނާކޮށްފައި މިވަނީ މިމަހުގެ 21 ވަނަ ދުވަހު އެގައުމުގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން، އެގައުމުގެ ސަލާމަތީ ބާރުތަކުން އޮޕަރޭޝަންތައް ކުރިއަށްގެންދާ ދަނޑިވަޅެއްގައެވެ.

ސަލާމަތީ ބާރުތަކުގެ އެ އޮޕަރޭޝަންތަކުގައި ލަންކާގެ އެކި ސަރަހައްދުތައް ބަލަމުންދެއެވެ. އެގޮތުން އެ އޮޕަރޭޝަންތަކުގައި މިހާތަނަށް ބައެއް މީހުން ހައްޔަރުކޮށްފައިވާ އިރު، ބައެއް ސަރަހައްދުތަކުން ބޮން އުފެއްދުމަށް ބޭނުންކުރާ ތަކެއްޗާއި އެކި ހަތިޔާރުތައް ވަނީ އަތުލައިގެންފައެވެ.

ލަންކާއަށް ދިން ބޮމުގެ ހަމަލާގައި 250 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.