ލަންކާ އެޓޭކް 2019

ތައުހީދު ޖަމާއަތާއި ޖަމާއަތޭ މިއްލަތު އިބްރާހީމްގެ ހަރަކާތްތައް ލަންކާގައި މަނާކޮށްފި

ނެޝަނަލް ތައުހީދު ޖަމާއަތާއި ޖަމާއަތޭ މިއްލަތު އިބްރާހީމް ގެ ހަރަކާތްތައް ސްރީލަންކާގައި މަނާކޮށްފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ލަންކާގެ އަށް ސަރަހައްދެއްގައި ޖާނުން ފިދާވެގެން މިދިން ހަމަލާތަކުގެ ފަހަތުގައި ތައުހީދު ޖަމާއަތް ވާ ކަމަށް ލަންކާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ރުވާން ވިޖޭވަރުދަނާ މީގެ ކުރީން މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފަ އެވެ. އަދި އެ ޖަމާއަތުގެ ހަރަކާތްތައް ލަންކާގައި މަނާކުރުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

ރައީސް ސިރިސޭނާ ކުރީން ވިދާޅުވީ، އެ ފަދަ ތުހުމަތު ތަކެއްގެ މައްޗަށް ބިނާކޮށް އެ ޖަމާއަތުގެ ހަރަކާތްތައް މަނާކުރާން ގާނޫނުން ޖާގަ ލިބިވަޑައިނުގަންނަވާ ކަމަށެވެ.

ތައުހީދު ޖަމާއަތުގެ ހަރަކާތްތައް ލަންކާގައި މިއަދުން ފެށިގެން މި މަނާކުރީ، އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމާއެކު، އެ ހާލަތުގައި ރައީސް މައިތިރިޕާލަ ސިރިސޭނާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.