ލަންކާ އެޓޭކް 2019

ސްރީލަންކާގައި މިރޭވެސް ކާފިއު އިއުލާނުކޮށްފި

ސްރީލަންކާގައި މިރޭވެސް ކާފިއު އިއުލާނުކޮށްފިއެވެ.

ލަންކާގައި ކާފިއު އިއުލާންކޮށްފައިވަނީ މިރޭ 10:00 އިން ފެށިގެން ފަތިހު 4:00 އަށެވެ. ފާއިތުވެދިޔަ ތިން ދުވަހު ވެސް ހަމަ އެ ގަޑިތަކަށް ވަނީ ކާފިއު އިއުލާންކޮށްފައެވެ.

މިއީ ލަންކާގައި ބޮންތަކެއް ގޮއްވާލައިގެން ދިން ހަމަލާތަކާ ގުޅިގެން އަދިވެސް އެ ގައުމުގެ ތެރޭގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ނެރެފައިވާ ކާފިއުއެކެވެ.

މިދިޔަ އާދީއްތަ ދުވަހު އަށް ސަރަހައްދެއްގައި ބޮން ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އުފުލައިފައެވެ.