މިދިޔަ އާދީއްތަ ދުވަހު ލަންކާއަށް ދިން ބޮން ގޮއްވުމުގެ ހަމަލާއާ ގުޅިގެން އެ ގައުމުގެ ސަލާމަތީ ބާރުތަކުން މިހާރު ކުރިޔަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން ކޮލަމްބޯގެ މުނިސިޕަލް ކައުންސެލަރު ނޫރްދީން ތާޖުއްދީން ހައްޔަރުކޮށްފި އެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނޫރްދީން ހައްޔަރުކޮށްފައި ވަނީ ލަންކާއިން ފެނުނު 46 ކަނޑިއާ ގުޅުން ހުރި މައްސަލައެއްގަ އެވެ.
ނޫރްދީނަކީ މިހާރު ލަންކާގައި ވެރިކަން ކުރަމުން އަންނަ ޕާޓީއަށް ނިސްބަތްވާ މީހެކެވެ. އެ ޕާޓީގެ ލީޑަރަކީ ލަންކާގެ މިހާރުގެ ޕްރައިމް މިނިސްޓަރު ރަނިލް ވިކްރަމްސިންހާ އެވެ.
ލަންކާގައި އެކި ސަރަހައްދުތަކުގައި ޖާނުން ފިދާވެގެން މިދިޔަ އާދީއްތަ ދުވަހު ދިން ބޮން ގުއްވުމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 250 އިން އަށް މައްޗަށް އަރައިފަ އެވެ. އިއްޔެ ފުލުހުން ހިންގި ރެއިޑެއްގައި ހިނގި ކުރިމަރިލުމެއްގައި ވަނީ އިތުރު 15 މީހުން މަރުވެފަ އެވެ.