ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ރޯދަމަހާ ދިމާކޮށް ހުޅުމާލެ ސާފު ކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނީ "ރޯދަ ސާފު"ގެ ނަމުގައި މިއަދު ހެނދުނު 8:00 ފެށިގެން މެންދުރުފަހު 15:00އާ ހަމައަށް ކުރިއަށް ގެންދާ މި ޕްރްގްރާމްގައި ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ގޮނޑުދޮށާއި، ފަޅުތެރެ ވެސް ސާފު ކުރާނެ ކަމަށެވެ. އަދި މި ޕޮރްގުރާމުގެ އަމާޒަކީ 600 އަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުޅުމާލޭގެ 85 އިންސައްތަ ސާފުކުރުން ކަމަށެވެ.
އެޗްޑީސީން ބުނެފައިވަނީ މިޕްރޮގްރާމުގައި ފުލުހުންނާއި އެމްއެންޑީއެފާއި ވެމްކޯގެ މުވައްޒަފުން ބައިވެރިވާނެ ކަމަށާއި، އެންޖީއޯތަކާއި އެސޯސިއޭޝަންތަކުގެ އިތުރުން ސަރުކާރުގެ އެހެނިހެން ކުންފުނިތަކަށްވެސް މި ޕޮރްގުރާމުގައި ބައިވެރިވުމަށް ދައުވަތު ދީފައިވާނެ ކަމުގައެވެ.