ޚަބަރު

ދިރާގު ގުޑިފެސްޓް މާދަމާ ހުޅުމާލޭގައި

އާންމުންގެ ބޮޑު ތަރުހީބު ލިބިފައިވާ، ދިރާގުގެ މަގުބޫލު ގުޑިފެސްޓް މާދަމާ ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފި އެވެ.

ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭ ގޮތައް ކުރިއަށްގެންދާ އެ ހަރަކާތް އޮންނާނީ މާދަމާ ހަވީރު 5:00 އިން 6:00 އަށް ދިރާގު ބީޗުގައި، ހުޅުމާލެ ފޭސް 2 އަށް ވަންނަ ސަރަހައްދުގައެވެ. އެ ހަރަކާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ދިރާގުގެ ފަރާތުން ގުޑިއެއް މުޅިން ހިލޭ ލިބޭނެ އެވެ.

ދިރާގު ގުޑިފެސްޓްއަކީ ރޯދަ މަހު ދިވެހީންގެ މެދުގައި އޮންނަ ގުޑި އެރުވުމުގެ ޒަމާންވީ ސަގާފީ އާދަކާދައަށް ގިނަ ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން 2023 ވަނަ އަހަރު އެ ކުންފުނިން ފެށި ހަރަކާތެކެވެ.

އެގޮތުން މި ރޯދަ މަހުގެ ފުރަތަމަ ގުޑިފެސްޓް މިދިޔަ ހޮނިހިރު ދުވަހު މާލެ އުސްފަސްގަނޑުގައި ބާއްވާފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް އެ ހަރަކާތް ކުރިއަށް ގެންދަން އެ ކުންފުނިން ވަނީ ނިންމައިފައެވެ.