ލަންކާގެ ސަލާމަތީ ބާރުތަކާއި ގްރޫޕަކާ ދެމެދު ބަޑީގެ ހަމަލާތައް ބަދަލުކުރަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ހަބަރުތައް ބުނާ ގޮތުގައި ކޮލަމްބޯއާ 360 ކިލޯމީޓަރު ބޭރުގައި އޮންނަ އަމްޕަރާގައި ލަންކާގެ ސަލާމަތީ ބާރުތަކާއި ގްރޫޕަކާ ދެމެދު ދަނީ ބަޑީގެ ހަމަލާތަކެއް ބަދަލުކުރަމުންނެވެ.
ލަންކާ ފުލުހުން ބުނީ އެ ހަމަލާތައް ހިނގަން މެދުވެރިވީ ޖާނުން ފިދާވުމުގެ ހަމަލާތައް ދިނުމަށް ބޭނުންކުރާ ޖެކެޓުތައް ހަދާ ތަނެއް ބަލައި ފާސްކުރާތީ ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ލަންކާގެ އަމްޕަރާ އިން ބޮން ހެދުމަށް ބޭނުންވާ ތަކެއްޗާއި ޖާނުން ފިދާވުމުގެ ހަމަލާދޭން ބޭނުންކުރާ ޖެކެޓާއި އައިއެސް ބެނާ އަދި ޔުނީފޯމެއް ފެނިފައިވާ ކަމަށް ލަންކާގެ ފުލުހުން މައުލޫމާތުދެއެވެ.
ލަންކާގެ ސަލާމަތީ ބާރުތަކާއި ގްރޫޕަކާ ދެމެދު ކުރިއަށްދާ ބަޑީގެ ހަމަލާއާ ގުޅޭގޮތުން ލަންކާ ސިފައިންގެ ތަރުޖަމާނު ވިދާޅުވީ އެ ސަރަހައްދުގައި މިހާރު ތިން ގޮވުމެއް ގޮއްވާލާފައިވާ ކަމަށެވެ.