ލަންކާ އެޓޭކް 2019

ލަންކާގެ ބޮމުގެ ހަމަލާއާ ގުޅިގެން ހަ މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ސްރީލަންކާގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހަ މީހަކު ހޯދުމަށް ލަންކާ ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ލަންކާ ފުލުހުން ހޯދަން އިއުލާންކުރި ހަ މީހުންގެ ތެރޭގައި ހިމެނެނީ ތިން ފިރިހެނުންނާއި ތިން އަންހެނުންނެވެ.

ލަންކާ ފުލުހުން ވަނީ އެމީހުންގެ ފޮޓޯއާއި ނަން ވެސް އާންމުކޮށްފައެވެ. އެމީހުންގެ މައުލޫމާތެއް ލިބިއްޖެ ނަމަ، ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓް (ސީއައިޑީ)އާ ގުޅައި، ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ލަންކާއަށް ދިން ބޮމުގެ ހަމަލާގައި 360 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އުފުލައިފައެވެ.