ލަންކާ އެޓޭކް 2019

ލަންކާއަށް ދިން ހަމަލާއާ ގުޅިގެން 100އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

ސްރީލަންކާއަށް އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް 100އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށް ލަންކާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ރުވާން ވިޖެވަރުދަނާ ވިދާޅުވެއްޖެއެވެ.

ލަންކާއަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ނޫސްވެރީންނަށް އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރުވާން ވިދާޅުވީ މިހާތަނަށް 359 މީހުން މިހަމަލާގައި މަރުވެފައިވާއިރު އޭގެތެރޭ 39 ބިދޭސީން ހިމެނޭ ކަމަށެވެ. މަރުވި ބޭރު މީހުންގެ ތެރެއިން 17 މީހުން އައިޑެންޓިފައި ކުރެވި އެމީހުންގެ ހަށިގަނޑު އާއިލާއާ ހަވާލުކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރުވާން ވިދާޅުވީ ލަންކާ ވަރަށް އަވަހަށް އާންމު ހާލަތަކަށް ގެނެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.