ލަންކާ އެޓޭކް 2019

ލަންކާގެ ބޮމުގެ ހަމަލާއާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި

މިދިޔަ އާދިއްތަ ދުވަހު ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާއާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވައިފިއެވެ.

މި ހަމަލާގައި މިހާތަނަށް 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު، 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

މިއަދު ވަޒީރުންގެ މަޖިލީހުގައި ސްރީލަންކާއަށް ކުރިމަތިވި ހިތާމަވެރި ހާލަތާ ބެހޭގޮތުން ކުރެވުނު މަޝްވަރާގައި މިފަދަ ޓެރެރިސްޓް ހަމަލާތަކުން ދިވެހިރާއްޖެ ރައްކާތެރި ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.

ލަންކާއަށް ކުރިމަތިވެފައިވާ ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ގޮތުން އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.