ލަންކާ އެޓޭކް 2019

ލަންކާގައި ބޮން ގޮއްވި ހާދިސާގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލައިފި

2

ސްރީލަންކާގައި މިދިޔަ އާދިއްތަ ދުވަހު ބޮންތަކެއްް ގޮއްވާލައިގެން ދިން ހަމަލާތަކުގައި 300 އަށް ވުރެ ގިނަ މީހުން މަރައިލި ހާދިސާތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން ނަގައިފި އެވެ.

ރޮއިޓާސް އިންޑާއިން މީގެ އިރުކޮޅެއްް ކުރީން ކުރި ޓުވީޓެއްގައި ބުނީ އައިއެސް އިން މި ހަމަލާގެ ޒިންމާ ނެގިކަން، އިއުލާނުކޮށްފައި ވަނީ އައިއެސްގެ އަމާގް ނިއުސް އެޖެންސީ މެދުވެރިކޮށް ކަމަށެވެ.

އައިއެސްއިން މި ހަމަލާ ތަކުގެ ޒިންމާ އުފުލި އިރު، ލަންކާގެ މާސް މީޑިއާ މިނިސްޓަރު، ރުވާން ވިޖޭވަރްދަނާ މިއަދު ވިދާޅުވީ މި ހަމަލާތައް ދީފައި ވަނީ، ލަންކާގެ މުސްލިމް ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތުން ކަމަށް މިހާތަނަށް ކުރި ތަހުގީގުތަކުން އެނގިފައިވާ ކަމަށެވެ. އަދި ލަންކާގައި އެ ޖަމާއަތުގެ ހަރަކާތްތައް ހިންގުން މަނާކޮށް ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ލިސްޓު ކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

ޖާނުން ފިދާވެގެން ބޮން ގޮއްވާލި ކަމަށް ބުނާ ލަންކާގެ ތިން މީހަކު އައިސްއެސްގެ ދިދަ ކައިރީގައި ހުއްޓި ތިބެ ނަގާފައިވާ ފޮޓޯތަކެއް ވެސް އައިއެސްގެ ބައެއް ޗެނަލްތަކުގައި ދަނީ ދައުރުކުރަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟