ލަންކާ އެޓޭކް 2019

ލަންކާގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 250 އަށްވުރެ މައްޗަށް

11 Aug 18:54
މުހައްމަދު އައުޒަމް

އިންޑަސްޓްރިއަލް ޒޯނުގައި އުލްހިޔާ ކަތިލާން ހާއްސަ ކޮށްފައިވާ ސަރަހައްދުގައި ގިނަ އަދަދެއްގެ ބަކަރި އެބަ ހުރި. އުލްހިޔާ ކަތިލައިދިނުމުގެ ހިދުމަތް ދެނީ އެކި ޖަމާއަތްތަކުން. އެމީހަކު ބޭނުން ބަކަށްޓެއް އިހުތިޔާރު ކުރުމުން އެ ބަކަރި ކަތިލައިދިނުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައި.

29 Apr 08:21

މާދަމާ އިން ފެށިގެން ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާކޮށްފި.

28 Apr 04:04

ލަންކާގެ ފުލުހުން ބުނީ ކަނޑިތަކުގެ އިތުރުން، ޝައްކު ކުރެވޭ އެހެން ބައެއް ތަކެތި ވެސް އަންސާރާ އެކު ފެނިފައިވާ ކަމަށް.

28 Apr 04:04

މިދިޔަ އާދީއްތަ ދުވަހު ލަންކާއަށް ދިން ބޮން ގޮއްވުމުގެ ހަމަލާއާ ގުޅިގެން އެ ގައުމުގެ ސަލާމަތީ ބާރުތަކުން މިހާރު ކުރިޔަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން ނިގަމްބޯގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަންސާރު ހައްޔަރުކޮށްފި .

28 Apr 04:03

ބަންދުގެ ދުވަސް ޖަހާފައިވާ ދެ މީހުންނަކީ ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާއަތުގެ ވާހަކަ ހިމެނޭ ފޮތެއް ގެންގުޅުނު ދެމީހުންނަށް. އެދެމީހުންގެ ބަންދުގެ މުއްދަތަށް މައުންޓްލެވެނިއާގެ މެޖިސްޓްރޭޓް ކޯޓުންވަނީ 13 ދުވަސް ޖަހައިފަ.

28 Apr 04:03

ލަންކާގައި ހައްޔަރުކުރި ހަ ދިވެހިންގެ ތެރެއިން ދެމީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި.

28 Apr 04:02

ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނޫރްދީން ހައްޔަރުކޮށްފައި ވަނީ ލަންކާއިން ފެނުނު 46 ކަނޑިއާ ގުޅުން ހުރި މައްސަލައެއްގައި..

28 Apr 04:02

މިދިޔަ އާދީއްތަ ދުވަހު ލަންކާއަށް ދިން ބޮން ގޮއްވުމުގެ ހަމަލާއާ ގުޅިގެން އެ ގައުމުގެ ސަލާމަތީ ބާރުތަކުން މިހާރު ކުރިޔަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން ކޮލަމްބޯގެ މުނިސިޕަލް ކައުންސެލަރު ނޫރްދީން ތާޖުއްދީން ހައްޔަރުކޮށްފި...

27 Apr 10:16

ސްރީލަންކާގެ ސަލާމަތީ ބާރުތަކާއި ގްރޫޕަކާ ދެމެދު ބަދަލުކުރި ބަޑީގެ ހަމަލާތަކުގައި ޓެރަރިސްޓް ޖަމާއަތެއްގެ ދެ މީހުން މަރުވެއްޖެ.

ލަންކާގެ ސިފައިން ބުނީ އެ ހަމަލާތަކުގައި މަރުވެފައިވަނީ އިސްލާމިކް ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ ދެ މީހުން ކަމަށް.

27 Apr 08:33

ތިން ފުރޮޅުލީ ވެހިިކަލަކުން ފެނުނު ބޮން ހަދަން ގެންގުޅޭ ކެމިކަލްތަކަކާއެކު ލަންކާ ނޭވީ އިން ތިން މީހަކު ހައްޔަރުކޮށްފި.

ލަންކާ ނޭވީގެ މީޑިއާ ސްޕޯކްސްޕާސަން ވިދާޅުވީ އެމީހުން ހައްޔަރުކޮށްފައިވަނީ ވެއްލަވައްތަ ރެއިލްވޭ ސްޓޭޝަނު ކައިރިން ކަމަށް.

27 Apr 06:17

ކޮލަމްބޯއާ 360 ކިލޯމީޓަރު ބޭރުގައި އޮންނަ އަމްޕަރާގައި ލަންކާގެ ސަލާމަތީ ބާރުތަކާއި ގްރޫޕަކާ ދެމެދު ދަނީ ބަޑީގެ ހަމަލާތަކެއް ބަދަލުކުރަމުންދާ ކަމަށް ރިޕޯޓުކޮށްފި.

27 Apr 05:41

ބޮން ހެދުމަށް ބޭނުންވާ ތަކެއްޗާއި ޖާނުން ފިދާވުމުގެ ހަމަލާދޭން ބޭނުންކުރާ ޖެކެޓާއި އައިއެސް ބެނާ އަދި ޔުނީފޯމެއް ފެނިފައިވާ ކަމަށް ލަންކާ ފުލުހުން ބުނެފި.

އެ މައްސަލައިގައި ހަތް މީހަކު ވަނީ ހައްޔަރުކޮށްފައި.

27 Apr 05:29

ސްރީލަންކާގައި މިރޭ ވެސް ކާފިއު އިއުލާނުކޮށްފި.

ލަންކާގައި ކާފިއު އިއުލާންކޮށްފައިވަނީ މިރޭ 10:00 އިން ފެށިގެން ފަތިހު 4:00 އަށް. ފާއިތުވެދިޔަ ދެ ދުވަހު ވެސް ހަމަ އެ ގަޑިތަކަށް ވަނީ ކާފިއު އިއުލާންކޮށްފައި.

26 Apr 20:34

" މިހަމަލާއާ ގުޅިގެން އެއްވެސް އުޒުރެއް ދައްކާކަށް އަޅުގަނޑު ނެތިން. މީ ހަގީގަތް. ސަރުކާރުން މީގެ ޒިންމާ ނަގައި އެކަން ގަބޫލުކުރަން ޖެހޭނެ."
ރައީސް ސިރިސޭނާ
26 Apr 20:34

ސިރިސޭނާ ވިދާޅުވީ އައިސިސްގެ ހަރަކާތްތައް ލަންކާއިން ނައްތައިލައްވާނެ ކަމަށާއި އެ ގައުމުގެ ފުލުހުންނާއި ސަލާމަތީ ބާރުތަކުގައި އެ ގާބިލުކަން ހުންނާނެ ކަމަށް.

26 Apr 20:33

އެމަނިކުފާނު ވިދާޅުވީ ޑިއުޓީއަށް އިހުމާލުވި ހުރިހާ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށާއި މުޅި ސެކިއުރިޓީ ސިސްޓަމަށް ކުރިޔަށް ދުވަސްތަކުގެ ތަކުގެ ތެރޭ ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް.

26 Apr 20:33

ނެޝަނަލް ތައުހީދު ޖަމާއާތް ހުއްޓުވާލަން ބަލާ އިރު މިހާރު ހުރި ގާނޫނުތަކުން އެކަމަށް ޖާގަ ނުލިބޭ ކަމަށް ވެސް ސިރިސޭނާ ވިދާޅުވި...

26 Apr 20:32

މުސްލިމުންނާ މެދު ޓެރަރިސްޓުންގެ ގޮތުގައި ނުދެކުމަށާއި މުސްލިމުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށް ވެސް ރައީސް ސިރިސޭނާ ވިދާޅުވި ...

26 Apr 20:32

އައިޖީޕީ ވެސް އަދި ޑިފެންސް ސެކްރެޓަރީ ވެސް އެމައުލޫމާތު އެމަނިކުފާނާ ހިއްސާކުރައްވާފައި ނުވާ ކަމަށާއި އާ ޑިފެންސް ސެކްރެޓަރީއެއް މިއަދު އައްޔަން ކުރައްވާނެ ކަމަށާއި އައިޖީޕީ ވެސް މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސިރިސޭނާ ވިދާޅުވި ...

26 Apr 20:30

"ޑިފެންސް ސެކްރެޓަރީ އެކަން ސީރިއަސްކޮށެއް ނުނެންގެވި. އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް (އައިޖީޕީ) އަށް ވެސް ލިބުނު. އޭނަ އެ މައުލޫމާތު ދިނީ އޭނަގެ ފަސް ޑެޕިއުޓީންނަށް. އޭކަން އެކަކު އެ މައުލޫމާތު ވީއައިޕީ ސެކިއުރިޓީއަށް ފޮނުވި. އެކަމަކު އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް އަދި އަދި ދެން ތިބި ޑެޕިއުޓީން ވެސް އެމީހުންގެ ޒިންމާއެއް އަދައެއް ނުކުރޭ. އއެ މައުލޫމާތު ހިއްސާ ނުކުރީ ކީއްވެތޯ ސުވާލު ކުރުމުން އެމީހުން ތިބީ ހަނު."
ރައީސް ސިރިސޭނާ
26 Apr 20:29

ސިރިސޭނާ ވިދާޅުވީ އެ ހުރިހާ މައުލޫމާތެއް ހަތަރެއް އޭޕްރީލް ގައި ލަންކާގެ އިންޓެލިޖެންސް ހެޑަށް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް 12 އޭޕްރީލާ ހަމައަށް އެ މައުލޫމާތު އެތެރޭގައި ޕާސްކޮށްލަކޮށްލަ ތިބީ ކަމަށް..

26 Apr 20:29

މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހާދިސާގައި އެކަން ކުރާން ބޭނުންކުރާނެ އާލާތާއި ގޮއްވާނެ ގޮތާއި ޓާގެޓްކޮށްފައިވާ ތަންތަނަށް ދާންދެން ހުރިހާ މައުލޫމާތެއް ވަނީ އެކުވެރި ގައުމަކުން ލަންކާގެ އިންޓެލިޖެންސް ހެޑަށް ކުރީން ހިއްސާކޮށްފައި ކަމަށް އެ ގައުމުގެ ރައީސް މައިތިރިޕާލަ ސިރިސޭނާ މިއަދު ވިދާޅުވެއްޖެ ...

26 Apr 19:15

ލަންކާގެހާލަތު އަދިވެސް މުޅީން ހަމަޔަކަށް ނޭޅޭތީ މީހުން އެއްވެ އުޅޭ ތަންތަނަށް ދިވެހީން ގޮސް ނޫޅުމަކީ ދިވެހި އެމްބަސީގެ އެދުމެއް. އަދި ސަލާމަތީ ބާރުތަކުން ހިންގާ ޚާއްސަ އޮޕަރޭޝަންތަކުގައި ފުރިހަމަ އެއްބާރުލުން ދިނުމަށް ވެސް އެމްބަސީން ވަނީ އެދިފައި.

26 Apr 04:03

ސްރީލަންކާގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހަ މީހަކު ހޯދުމަށް ލަންކާ ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ.

ލަންކާ ފުލުހުން ހޯދަން އިއުލާންކުރި ހަ މީހުންގެ ތެރޭގައި ހިމެނެނީ ތިން ފިރިހެނުންނާއި ތިން އަންހެނުން. ލަންކާ ފުލުހުން ވަނީ އެމީހުންގެ ފޮޓޯއާއި ނަން ވެސް އާންމުކޮށްފައި. އެމީހުންގެ މައުލޫމާތެއް ލިބިއްޖެ ނަމަ، ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓް (ސީއައިޑީ)އާ ގުޅައި، ހިއްސާކުރުމަށް ފުލުހުން އެދޭ.

26 Apr 03:22

ސްރީލަންކާގައި އާދީއްތަ ދުވަހު ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާގައި ބޮން ގޮއްވި މީހުންގެ ހަށިތަކާ ހަވާލު ނުވާނެ ކަމަށް އޯލް ސިލޯން ޖަމިއްޔަތުލް އުލާމާ (އޭސީޖޭޔޫ) އެސޯސިއޭޝަނުން ބުނެފި.

26 Apr 02:56

ސްރީލަންކާގައި މިރޭ ވެސް ކާފިއު އިއުލާނުކޮށްފި.

ލަންކާގައި ކާފިއު އިއުލާންކޮށްފައިވަނީ މިރޭ 10:00 އިން ފެށިގެން ފަތިހު 4:00 އަށް. ރޭގައި ވެސް ހަމަ އެ ގަޑިތަކަށް ވަނީ ކާފިއު އިއުލާންކޮށްފައި.

26 Apr 02:24

ނުވާރާ އެލިޔާގެ ހަވާއެލިޔާ އިން ބޮން ގޮއްވަން ބޭނުންކުރާ އެއްޗެހި ފެނިފައިވާ ކަމަށް ލަންކާ ފުލުހުން ބުނެފި.

26 Apr 01:11

ހަ ކަނޑިއާއި 21 އަތުބޮމާއި ގޮވާޒާތުގެ ތަކެއްޗާ އެކު ލަންކާއިން ތިން މީހުން ހައްޔަރު ކޮށްފި ކަމަށް ފުލުހުންގެ ސްޕޯކްސްޕާސަން ބުނެފި

25 Apr 21:00

މިއަދު ހެނދުނު އެއާޕޯޓަށްދާ މަގުގެ ސަރަހައްދުން ފެނުނު ޝައްކު ކުރެވޭ ވެހިކަލެއްގެ މައްސަލައިގައި ބަންޑާރަ ނައިކަ އެއާޕޯޓުގެ ޚިދުމަތްތައް ވެސް ވަގުތީ ގޮތުން ހުއްޓައިލި ކަމަށް މައުލޫމާތު ލިބޭ. އެހެން ނަމަވެސް މިހާރު ވަނީ ޚިދުމަތްތައް އަލުން ފަށާފައި. އެހެން ނަމަވެސް މި ކަމާ ގުޅިގެން ފްލައިޓް ޝެޑިއުލަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވޭ

25 Apr 20:57

ލަންކާގެ ޕުގޯޑާ ކޯޓު ސަރަހައްދުގައި އެއްޗެއް ގޮވައިފި.

މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވޭ.

ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މިއީ އެހާ ބޮޑު ގޮވުމެއް ނޫނެވެ. މި ގޮވުން ގޮވާފައި ވަނީ ކުނި އުކާ ސަރަހައްދެއްގައި.

25 Apr 20:39

ބަންޑާރަ ނައިކަ އިންޓަނެޝަނަލް އެއާޕޯޓަށް ދާން އޮންނަ މަގު، މި ވަގުތު އޮތީ ބަންދުކޮށްފައި ކަމަށް ލަންކާގެ މީޑިއާތަކުން ބުނޭ. އެ މަގު ވަގުތީ ގޮތުން ބަންދުކޮށްފައި ވަނީ ޝައްކު ކުރެވޭ ވެހިކަލެއް ބަލައި ފާސްކުރާތީ ކަމަށް ބުނޭ

25 Apr 20:38

ސަލާމަތީ ސަބަބުތަކަށް ޓަކައި ލަންކާގެ އެއްވެސް ސަރަހައްދެއްގައި ޑްރޯން އެރުވުން މަނާކޮށްފި

25 Apr 20:37

ރޭ ވެސް ލަންކާއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނޭ

25 Apr 17:49

ލަންކާގެ ސަލާމަތީ ބާރު ތަކުގެ ބައެއް މަގާމުތަކަށް ބަދަލު ގެންނަވާނެ ކަމަށް ރައީސް ސިރިސޭނާ ވިދާޅުވި 24 ގަޑި އިރު ހަމަވި ނަމަވެސް އެއްވެސް އިސް މަގާމަކަށް ބަދަލެއް ގެނައިކަން ޔަގީން ކުރެވިފައެއް ނުވޭ

24 Apr 22:39

ސްރީލަންކާގެ މިނިސްޓަރު އަދި ކުރީގެ އާމީ ޗީފު ވިދާޅުވީ މި ހަމަލާ އަކީ މީގެ ހަތެއް ނުވަތަ އަށެއްކަ އަހަރު ކުރީއްސުރެ ރޭވިގެން އައިސް ދީފައިވާ ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް

24 Apr 22:36

މި ހާދިސާއާ ގުޅިގެން ކުރީން ސްކޫލުތައް ބަންދުކުރީ ދެ ދުވަހަށް ނަމަވެސް، ސްކޫލުތައް ބަންދުކުރާ މުއްދަތު މި މަހުގެ 29އާ ހަމައަށް އިތުރުކޮށްފި

24 Apr 22:34

ލަންކާއަށް އިތުރު ހަމަލާއެއް ދިނުމުގެ ފުރުސަތު ބޮޑު ކަމަށް އިންޑިއާގެ އިންޓެލިޖެންސުން ލަންކާގެ އިންޓެލިޖެންސަށް މައުލޫމާތުދީފި

24 Apr 22:33

ބޮން ގޮއްވާލި ހާދިސާތަކުގައި ޖާނުން ފިދާވެގެން ނުވަ މީހަކު ހަމަލާ ދީފައިވާ ކަމަށާއި އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށް ލަންކާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ރުވާން ވިދާޅުވެއްޖެ

24 Apr 22:32

އާދީއްތަ ދުވަހުގެ ބޮން ގޮއްވި ހާދިސާއާ ގުޅިގެން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ރުވާން ވިޖޭވަރްދަނާ ވިދާޅުވެއްޖެ.

24 Apr 08:39

ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި ސްރީލަންކާގެ ސަލާމަތީ ބާރުތަކުގެ އިސްވެރިން ބަދަލުކުރުމަށް ނިންމައިފި.

ލަންކާގެ ސަލާމަތީ ބާރުތަކުގެ އިސްވެރިން ބަދަލުކުރުމަށް ނިންމެވިކަން އެ ގައުމުގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އިއުލާންކުރެއްވީ ލަންކާއަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ގައުމާ މުހާތަބުކުރައްވައި، ދެއްކެވި ވާހަކަފުޅުގައި.

24 Apr 07:34

ސްރީލަންކާގައި ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ހަތް މީހުން ކަމަށް ބުނާ ހަތް މީހުންގެ ފޮޓޯ އާއި އެމީހުން ބައިއަތު ހިފާ ވީޑިއޯއެއް އައިއެސް އިން އާންމުކޮށްފި.

24 Apr 07:32

24 Apr 02:40

އައިއެސްއިން މި ހަމަލާ ތަކުގެ ޒިންމާ އުފުލި އިރު، ލަންކާގެ މާސް މީޑިއާ މިނިސްޓަރު، ރުވާން ވިޖޭވަރްދަނާ މިއަދު ވިދާޅުވީ މި ހަމަލާތައް ދީފައި ވަނީ، ލަންކާގެ މުސްލިމް ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތުން ކަމަށް މިހާތަނަށް ކުރި ތަހުގީގުތަކުން އެނގިފައިވާ ކަމަށް. އަދި ލަންކާގައި އެ ޖަމާއަތުގެ ހަރަކާތްތައް ހިންގުން މަނާކޮށް ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ލިސްޓު ކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ.

24 Apr 02:38

މިރޭ 09:00 އިން ފެށިގެން މިރޭ ފަތިހު 04:00އަށް ވެސް ލަންކާގައި ކާފިއު އިއުލާނުކޮށްފި.

24 Apr 02:38

ލަންކާގައި ދިން ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ނަގައިފި ކަމަށް ރޮއިޓާސްއިން މީގެ އިރުކޮޅެއް ކުރީން ރިޕޯޓުކޮށްފި. ހަމަލާގައި ޖާނުން ފިދާވެގެން މަރުވި ލަންކާގެ ބައެއް މީހުންގެ ފޮޓޯތައް ކަމަށް ބުނާ ފޮޓޯތަކެއް ވެސް އައިއެސްގެ ޗެނަލްތަކުގައި ދަނީ ދައުރުކުރަމުން.

24 Apr 01:01

ލޮރީ އަކާއި ވޭނެއްގައި ގޮވާތަކެތި އުފުލާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ލަންކާގެ ފުލުހުން އެލާޓަށް ގެނެސްފި

24 Apr 00:13

ލަންކާއަށް ދިން ހަމަލާއަކީ ނިއުޒިލޭންޑް ހަމަލާގެ ބަދަލު ހިފުމެއްކަމަށް އެ ގައުމުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް، ރުވާން ވިޖޭވަރްދަނަ މަޖިލީހުގައި ބުނެފި. އަދި މިހަލަމާ ދީފައިވަނީ ނެޝަނަލް ތައުފީތް ޖަމާއަތުން ކަމަށްވެސް ވަނީ ބުނެފައި.

24 Apr 00:06

އެންމެ ފުރަތަމަ ޗާޗުގައި ބޮން ގޮއްވާލި ކަމަށް ޝައްކު ކުރެވޭ މީހާ ހަށިގަނޑުގައި ބޮން ހަރުކޮށްގެން ޗާޗަށް ވަދެގެންދާ ވީޑިއޯއެއް އާންމުވެއްޖެ

23 Apr 20:44

ލަންކާގައި ބޮން ގޮއްވާލި ހާދިސާއާ ގުޅިގެން ސީރިއާގެ މީހަކު ހައްޔަރުކޮށް ސުވާލުކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނޭ.

23 Apr 20:43

ކޯލަޕެޓީ ސަރަހައްދުން މިއަދު ހެނދުނު ފެނުނު ޕެކޭޖަކީ ގޮވާ އެއްޗެއް ނޫންކަން ލަންކާގެ ފުލުހުން ކަށަވަރުކޮށްދީފި

23 Apr 19:22

ލަންކާގައި ބޮން ގޮއްވާލި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 300އަށް ވުރެ މައްޗަށް އަރައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި. ހާލު ދެރަ ބައެއް މީހުންނަށް އަދިވެސް ފަރުވާދެމުން އަންނާތީ މި އަދަދު އަދިވެސް މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ.

23 Apr 19:21

ކޮލްޕެޓީ ސަރަހައްދުން ފެނުނު ބޮމެއް ޝައްކުކުރެވޭ އެތި ނައްތައިލުމަށް ސަލާމަތީ ބާރުތަކުން އަންނަނީ ހަރަކާތްތެރިވަމުން.

23 Apr 19:20

ގިނަ އަދަދަކަށް ދިވެހީން ގޮސް އުޅޭ ކޮލްޕެޓީ ސަރަހައްދުން ބޮމެއް ކަމަށް ޝައްކު ކުރެވޭ ޕެކޭޖެއް ފެނިއްޖެ. މި ޕެކޭޖު ފެނިފައި ވަނީ ރެއިލްރޯޑް ސްޓޭޝަނުން

23 Apr 17:40

މޫނު ބުުރުގާ އަޅައިގެން ފިހާރަތަކަށް ވަންނަންދާ މީހުން ބައެއް ފިހާރަތަކަށް ނުވައްދާ މައްސަލަ ފާހަގަކުރެވޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނޭ.

23 Apr 17:35

ލަންކާގެ މަގުތައް މަތި މިއަދު ފެންނަނީ އަމާންކޮށް. މީހުން މަދުނަމަވެސް ކޮންމެވެސް ވަރަކަށް މީހުން ނުކުމެ އުޅޭ.

23 Apr 11:13

ލަންކާގެ ބޮމުގެ ހާދިސާގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ މާމަ ދަރިކަލެއް ދަރި އަވަހާރަވެއްޖެ.

23 Apr 09:50

މިއަދުން ފެށިގެން ސްރީލަންކާގައި ސްޓޭޓް އޮފް އެމަޖެންސީ އިއުލާނުކޮށްފި.

23 Apr 09:47

ސްރީލަންކާގެ މައުންޓްލެވީނާގައި ދިވެހިން ދިރިއުޅޭ އިމާރާތަކުން ބޮމެއް ފެނިއްޖެ.

23 Apr 09:46

ލަންކާގެ ބޮމުގެ ހަމަލާގައި އިންޓަނޭޝަނަލް ކްލޯތްސް ރީޓެއިލް ޗެއިންއެއް ކަމަށްވާ އެސޮސްގެ ވެރިމީހާ އެންޑާސް ހޮލްޗް ޕޮވިލްސަންގެ ތިން ދަރިން މަރުވެއްޖެ.

ޔޫކޭގެ ނޫހެއް ކަމަށްވާ އިންޑިޕެންޑެންޓްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހޮލްޗްގެ ތަރުޖަމާނު ވަނީ މިކަން ކަށަވަރުކޮށްދީފައި. މި ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހޮލްޗްގެ އާއިލާ ލަންކާއަށް ދިޔައީ އީސްޓާގެ ޗުއްޓީއަށް. މީގެ އިތުރުން ޑެންމާކްގެ ފޮރިން މިނިސްޓްރީން ވަނީ ޑެންމާކްގެ ތިން ރައްޔިތަކު މި ހަމަލާގައި މަރުވެފައިވާ ކަމަށް ބުނެފައި.

23 Apr 06:33

23 Apr 06:14

23 Apr 06:05

ލަންކާގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި ހާދިސާގައި މަރުވި ބޭރު މީހުން ކަމަށް މިހާތަނަށް ޔަގީން ކުރެވިފައިވާ އަދަދަކީ 31.

23 Apr 06:04

ވީމީޑިއާގެ ސީއޯއޯ، މުހައްމަދު އާސިފް (މޮންދު)ގެ އާއިލާ ލަންކާގައި ދިރިއުޅުއްވާ އެޕާޓްމެންތަށް ފުލުހުން ވަދެ އެތަން ވަނީ ފާސްކޮށްފައި. މޮންދު ދާދި ދެންމެ "ވަން އޮންލައިން"އަށް ވިދާޅުވީ ޕާސްޕޯޓު ތަކާއި މުޅި އެޕާޓްމެންޓް ބަލައި ފާސްކުރި ކަމަށް. ގިން އެޕާޓްމެންޓް ތަކެއް ހިމެނޭ، މައުންޓް ލެވިނިއާގައި ހުންނަ އެ ބިލްޑިންގް ފާސްކުރުމަށް ފަހު، ކޮންމެވެސް އެއް ބުރިއަކުން އެއްޗެހިތަކެއް ތަކެއް ބާލައިގެން ގެންގޮސްފައިވާ ކަމަށް މޮންދު ވިދާޅުވި.

23 Apr 05:50

ލަންކާގައި މިހާރު ކުރިޔަށް ގެންދާ ބަލައި ފާސް ކުރުމުގެ ކަންތައްތަކުގެ ތެރެއިން ދިވެހީން ތިބޭ ގޭގެ ވެސް ޗެކު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެއީ ވަކީން ޓާގެޓް ކޮށްގެން ކުރަމުން އަންނަ ކަމެއް ނޫން ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނޭ. އެހެން ނަމަވެސް ސަލާމަތީ ބާރުތަކުން ދިވެހީން ދިރިއުޅޭ ބައެއް ގޭގެއަށް ވެސް ވަދެފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައިވާކަން އެމްބަސީން ޔަގީންކޮށްދޭ.

23 Apr 05:37

ލަންކާގައި ތަންތަން ޗެކުކޮށް ބަލައި ފާސް ކުރުމުގެ ޚާއްސަ ހަރަކާތްތަކެއް ސާލަމަތީ ބާރުތަކުން ވަނީ ފަށާފައި. މި ހަރަކާތުގެ ދަށުން މީހުން ދިރިއުޅޭ ގޭގެއަށް ވަދެ އެތަން ތަންވެސް އަންނަނީ ޗެކުކުރަމުން. މީގެ ތެރެއިން ދިވެހީން އުޅޭ ބައެއް ތަންތަނަށް ވެސް ވަދެފައިވާ ކަމުގެ އަޑުތައް ފެތުރިފައިވޭ. އެކަމަކު ދިވެހީން އުޅޭ ގެއަކަށް ވަން ކަމުގެ ޔަގީން މައުލޫމާތެއް އަދި ނުލިބޭ.

23 Apr 05:34

މިރޭ 12ގެ ފަހުން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ނިންމައިފި. ކުއްލި ނުރައްކަލުގެ ހާލަތުގައި ސަލާމަތީ ބާރުތަކަށް ޚާއްސަ އިޚުތިޔާރު ތަކެއް ދޭން ވަނީ ނިންމާފައި.

23 Apr 01:28

ވިލާ ކޮލެޖުގައި ކިޔަވައިދޭ ވިސިޓިން ލެކްޗަރާ އަކު މި ހާދިސާގައި ޒަޚަމްވެފައިވާ ކަމަށް މައުލޫމާތު ލިބޭ. އެ މީހާ ޒަޚަމްވެފައި ވަނީ ޝަންގްރިއްލާ ހޮޓަލަށް ދިން ބޮމުގެ ހަމަލާގައި ކަމަށް މައުލޫމާތު ލިބޭ. އޭނާގެ ހާލަތު ސީރިއަސް ކަމަށް ވެސް ޚަބަރު ލިބޭ.

22 Apr 22:55

ލަންކާގައި އިތުރު ހަމާލަތަކެއް ދިނުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެމެރިކާއިން ވަނީ ބުނެފަ.

22 Apr 22:47

ލަންކާގައި އަނެއްކާވެސް ކާފިއު އިއުލާނުކޮށްފި. މި ފަހަރު ކާފިއު އިއުލާނު ކުރީ މިރޭ 08:00 އިން ފެށިގެން މިރޭ ފަތިހު 04:00އާ ހަމައަށް.

22 Apr 21:11

ލަންކާއިން ބޭރު މީހުން ކަމަށް ބެލެވޭ އެހެން ނަމަވެސް ވަކި ގައުމެއް އަދި ކަށަވަރުކުރެވިފައި ނުވާ 25 މީހެއްގެ ހަށިގަނޑު ވެސް މޯޗަރީގައި އެބަ އޮތް ކަމަށް އޮފިޝަލުން ވަނީ ބުނެފައި.

22 Apr 21:09

އެންމެ ފަހުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިއްޔެ ހާދިސާގައި މަރުވި ލަންކާއިން ބޭރު މީހުންގެ އަދަދު ވަނީ 30 އިން މައްޗަށް އަރާފައި. އޭގެ ތެރޭގައި ބްރިޓިޝް މީހުންނާއި ތުރުކީ މީހުންނާއި ނެދަލޭންޑް މީހުންނާއި އެމެރިކާގެ މީހުން ހިމެނޭ ކަމަށް އެ ގައުމުތަކުން ވަނީ ކަށަވަރުކޮށްދީފަ.

22 Apr 21:05

ލަންކާގައި ދިރިއުޅޭ ދިވެހީން މައުލޫމާތުދޭ ގޮތުގައި ހުރިހާ ދިވެހީން ވެސް އަންނަނީ އެއް ބަޔަކު އަނެއް ބައެއްގެ ހާލު ބަލަމުން. އަދި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދާން ވަނީ އިރުޝާދު ދީފައި. ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ވެސް ނުނިކުންނަން ވަނީ އިރުޝާދު ދީފައި.

22 Apr 21:04

ލަންކާގައި އިއްޔެ އިއުލާނު ކުރި ކާފިއު މިއަދު ހެނދުނު 06:00ގައި ވަނީ އުވާލާފައި. ވަން އޮންލައިން އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ލަންކާގެ މަގުތައް މަތީން ދުއްވާ އެއްޗިއްސާއި މީހުން ފެންނަނީ ވަރަށް މަދުން.

22 Apr 18:28

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިސާތަކާ ގުޅިގެން އެތައް ސަތޭކަ ބަޔަކަށް ހޮސްޕިޓާތަކުގައި އަންނަނީ ފަރުވާދެމުން. އޭގެ ތެރޭގައި ހާލު ސީރިއަސް މީހުން ވެސް ވަރަށް ގިނަ.

22 Apr 18:26

އެންމެ ފަހުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު ވަނީ 290 އަށް ވުރެ މައްޗަށް އަރައިފަ.

22 Apr 10:03

ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓު ކައިރިން ފެނުނު އައިޑީ ޑިވައިސްއެއް ގޮވުމުގެ ކުރިން ޑިފިއުސްކޮށްފި.

22 Apr 08:50

ހަމަލާތަކެއް ދޭން އުޅޭ ކަމުގެ މައުލޫމާތުތަކެއް ކުރިން ލިބުނު ކަމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ.

22 Apr 08:22

އުޑައްޕުވާ ސަރަހައްދުގައި ހުރި މުސްލިމުންގެ މިސްކިތަށް ޕެޓްރޯލް ބޮމުގެ ހަމަލާތަކެއް ދީފި.

22 Apr 08:19

ސްރީލަންކާގެ ބަންޑާރަގާމަ ސަރަހައްދުގައި ހުންނަ ދެ ފިހާރައެއްގައި ރޯކޮށްލައިފި. އޭގެ ތެރެއިން އެއް ފިހާރަ ވަނީ އަނދާ ހުލިވެފައި.

22 Apr 08:12

22 Apr 07:47

ސްރީލަންކާގައި ކާފިއު އިއުލާންކޮށްފައިވާތީ މިދުވަސްވަރު ޗެކްކުރުން ގިނަވާނެ ކަމަށާއި ފުރާ ދިވެހިން އެއާޕޯޓަށް ދަތުރު ފަށާއިރު ޕާސްޕޯޓާއި ޓިކެޓް ފަސޭހައިން އަތުޖެހޭ ގޮތަށް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފި.

''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ކޮމިއުނިކޭޝަން މިއުވާން މުހައްމަދު މިރޭ ވިދާޅުވީ، ފުރާ މީހުން ފުލުހުންގެ ފަރާތުން ލިޔުން ހޯދަން ނުޖެހޭނެ ކަމަށް.

22 Apr 04:58

ބޮން ގޮއްވައިލި ތަންތަނުގެ ތެރޭގައި ލަންކާގެ އެންމެ ސެކިއުރިޓީ ވަރުގަދަ އެއް ސަރަހައްދު ކަމުގައިވާ ފޯޓު އޭރިއާގައި ހުންނަ ޝަންގްރިއްލާ ހޮޓަލާއި ދަ ކިންގްސް ބުރީ ހޮޓާ ވެސް ހިމެނޭތީ، އެ ގައުމުގެ ފަތުރުވެރިކަމަށް މި ހާދިސާގެ ސަބަބުން ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ. މި ހާދިސާގައި މަރުވި ލަންކާއިން ބޭރު މީހުންގެ އަދަދު ވެސް ވަނީ 11 އަށް އަރާފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނޭ.

22 Apr 04:56

ލަންކާގެ ސިފައިންނާއި ފުލުހުން ގުޅިގެން އަންނަނީ އެކި ތަންތަން ބަލައި ފާސްކުރަމުން.

22 Apr 04:56

ލަންކާގެ ސިފައިންނާއި ފުލުހުން ގުޅިގެން އަންނަނީ އެކި ތަންތަން ބަލައި ފާސްކުރަމުން.

22 Apr 04:55

ލަންކާގައި މިއަދު ކުރީން ކާފިއު އިއުލާނުކުރީ މިއަދު ހަވީރު 06:00 އިން ފެށިގެން ހެނދުނު 06:00 އަށް ނަމަވެސް މިހާރު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާނުކޮށްފައި.

22 Apr 04:54

މަރުވި މީހުންގެ އަދަދު 208 އަށް އަރަފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނޭ. މި އަދަދު އަދިވެސް މައްޗަށް ދާނެ ކަމަށް ސިއްހީ ޚިދުމަތްދޭ ފަރާތްތަކުން ލަފާ ކުރޭ.

22 Apr 04:53

ލަންކާ އިން ބޭރަށް ފުރަން ދާ ދިވެހީން އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކުން ލިޔުމެއް ހޯދައިގެން ފުރަން ދިއުމަށް ދިވެހި އެމްބަސީން ވަނީ އިލްތިމާސްކޮށްފައި. ޕާސްޕޯޓު ހިފައިގެން ދިއުމުން ލިޔުން ލިބޭނެ ކަމަށް ހައިކޮމިޝަނުން ބުނޭ.

22 Apr 02:39

ބޮމުގެ ހަމަލާތަކާއި ގުޅިގެން ހަތްމީހަކު ހައްޔަރުކޮށްފިކަމަށް ބުނަން ފަށައިފި

22 Apr 02:20
22 Apr 01:56

ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންގެ ޙާލު ބައްލަވައިލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަޙްމަދު ޚަލީލް ސްރީލަންކާއަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި

22 Apr 01:46

ޑެމަޓަގޮޑާ ގައި ދިން އަށް ވަނަ ހަމަލާ އަކީ ޖާނުން ފިދާވުމުގެ ހަމަލާއެއް ކަަމަށާއި އެ ހަމަލާގައި ތިން މީހަކު މަރުވެފައިވާ ކަމަށް ލަންކާ ފުލުހުން ބުނެފި

22 Apr 01:33
22 Apr 01:14

ކޮލަމްބޯ ގެ ބަންޑަރަނައިކެ އިންޓަނޭޝަނަލަން އެއާޕޯޓު (ބީއައިއޭ) އިން ދަތުރުކުރާ ފަސެންޖަރުން ހަތަރު ގަޑިއިރު ކުރިން ފުރަން އައުމަށް ސްރީލަންކަން އެއާލައިން އިން އެދެފި

22 Apr 01:04

ޕެޓާ ސަރަހައްދުގައި ޕާސަލްކޮށްފައިވާ ބޮމެއް ފެނިގެން އެ ނައްތާލުމުގެ ހަރާކާތް ކަމާ ބެހޭ ފަރާތުން ކުރަން ފަށައިފި

22 Apr 01:00

ސްރީލަންކާގައި ސޯޝަލް މީޑީއާ ނެޓްވޯކްތައް ބްލޮކް ކޮށްފި. އެގޮތުން ފޭސްބުކް، ވައިބާ އަދި ވަޓްސްއެޕް ކުރިއަށް އޮތް ތިން ދުވަހު އެ ގައުމުގައި ބޭނުން ނުކުރެވޭނެ ކަމަށް ވަނީ އަންގާފަ

22 Apr 00:59
22 Apr 00:57
22 Apr 00:55

ލަންކާގައި 8 ވަނަ ބޮމުގެ ހަމަލާ ޑެމަޓަގޮޑާ އަށް. މިއީ ލަންކާގެ މައި އެއާޕޯޓް، ބަންޑާރަ ނަޔަކަ އެއާޕޯޓާ ކައިރި ހިސާބެއް.

22 Apr 00:49

ދެހިވެލަ ޒޫ ސަރަހައްދުގައި ގޮއްވާލި ބޮމުގެ ސަބަބުން ދެ މީހަކު މަރުވެއްޖެ

22 Apr 00:42

މިއަދު އިރުއޮއްސި 6:00 އިން މާދަމާ ހެނދުނު 6:00 އަށް ސްރީލަންކާގައި ކާފިއު އިއުލާނުކޮށްފި

22 Apr 00:41

ލަންކާގައި ދިވެހިން ގިނަ އަދަދަކަށް ދިރިއުޅެމުންގެންދާ ދެހިވެލަ ޒޫ ސަރަހައްދުގައި ބޮމެއް ގޮއްވާލައިފި. މިއީ މިއަދު ގޮއްވާލި ހަތްވަނަ ބަޮމް.

21 Apr 23:18

މި ހާދިސާގައި މަރުވި ލަންކާއިން ބޭރު މީހުންގެ އަދަދު ވަނީ 11 އަށް އަރާފައި. ބޭރު މީހުން ގިނައިން މަރުވެފައި ވަނީ ލަަންކާގައި ހުންނަ ފަސްތަރީގެ ހޮޓާތަކަށް ދިން ހަމަލާގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނޭ.

21 Apr 23:12

ލަންކާގައި ތިބޭ ދިވެހީންނަށް މިއީ ބިރުވެރި ދުވަހެއް. ގިނަ ދިވެހީން ތިބީ ބިރުވެރިކަމާއި ހާސްކަމުގެ ތެރޭގައި.

21 Apr 22:56

ދިރާގުގެ ނެޓްވޯކުތަކުންވެސް ލަންކާއަށް ގުޅުމަށް އަގުހެޔޮ ކޮށްފި

21 Apr 22:30

މި ހާދިސާގެ އިންޒާރު ލަންކާގެ ފުލުުންގެ ހެޑް ވަނީ ކުރިޔާ ދީފައި. މި ފަދަ ހަމަލާއެއްގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމަށް ސަމާލުވުމަށް ޕޮލިސް ޗީފް މީގެ ދިހަ ވަރަކަށް ދުވަސް ކުރީން 11 އޭޕްރީލްގައި ފުލުހުންގެ ޓޮޕް ލެވެލް އޮފިސަރުންނަށް އަންގާފައިވާ ކަމަށް އޭއެފްޕީއާ ހަވާލާދީ ހިންދުސްތާން ޓައިމްސްގައި ރިޕޯޓުކޮށްފައިވެ އެވެ.

21 Apr 22:11

ލަންކާގެ ބޮމުގެ ހަމަލާއާ ގުޅިގެން އޫރިދޫ ނަންބަރު ތަކުން ލަންކާއަށް ގުޅޭ ރޭޓް ހެޔޮކޮށްފި

21 Apr 22:04
21 Apr 22:01
21 Apr 22:00

ދިވެހީން އާންމުކޮށް ތިބޭ ތިން ހޮޓަލެއް ހިމެނޭ ގޮތުން ލަންކާގެ ގިނަ ސަރަހައްދުތަކެއްގައި ބޮން ގޮއްވާލައިފި އެވެ. އެންމެ ފަހުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 300 އަށްވުރެ އަރައިފަ އެވެ. އަދި ޒަޚަމްވެ ފަރުވާދެމުން އަންނަ މީހުންގެ އަދަދު އެތައް ސަތޭކަ އަކަށް އަރާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ޒަޚަމްވެފައިވާ މީހުންގެ ސިދާ އަދަދު ޔަގީން ނުކުރެވެނީ އެތައް ހޮސްޕިޓާ ތަކެއްގައި މީހުންނަށް ފަރުވާދެމުން އަންނާތީއެވެ.

ބޮން ގޮއްވާލި ހޮޓާ ތަކުގެ ތެރޭގައި ދިވެހީން އާންމުކޮށް ގޮސް އުޅޭ ބޮޑެތި ހޮޓާތައް ކަމަށްވާ، ދަ ކިންގްސްބުރީ އާއި ސިނަމަން ގްރޭންޑާއި ޝަންގްރިއްލާ ވެސް ހިމެނޭ ކަމަށް ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

މި ހާދިސާގެ މައުލޫމާތު ގާތުން ބަލަމުން އަންނަ ކަމަށް ދާދި ދެންމެ ފޮރިން މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެ އެވެ.

ލަންކާގައި ދިރިއުޅޭ ދިވެއްސަކު ދެންމެ ބުނީ ހޮޓާ ތަކާއި ތިން ޗާޗެއްގެ އިތުރުން ދިވެހީން އެންމެ ގިނައިން ބާޒާރުކުރަން ގޮސް އުޅޭ ސަރަހައްދު ކަމަށްވާ ޕެޓާއަށް ދާން އޮންނަ ސަރަހައްދެއް ހިމެނޭ ގޮތުން މަގުމަތީގެ ބައެއް ސަރަހައްދު ތަކުގައި ވެސް ވަނީ ބޮން ގޮއްވާލައިފަ އެވެ.

މި ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ލިބުނުކަން އަދި ކަށަވަރެއް ނުވެ އެވެ. ފޮރިން މިނިސްޓްރީން ވަނީ މި ހާދިސާއާ ގުޅޭ ގޮތުން މާލެއިން ނަމަ 7983400އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް އެދިވަޑައިގެންފަ އެވެ. ލަންކާއިން ނަމަ ގުޅުއްވާނީ 94727277072 ނުވަތަ 94766942654 އަށެވެ.

ލަންކާގައި މި ވަގުތު ހުރި ދިވެއްސަކު ދާދި ދެންމެ "ވަން އޮންލައިން"އަށް މައުލޫމާތު ދެމުން ބުނީ ކުރިޔަށް އޮތް 24 ގަޑި އިރު ތެރޭ އިތުރު ސަރަހައްދުތަކެއްގައި ބޮން ގޮއްވާލައިފާނެ ކަމުގެ އިންޒާރުތަކެއް ލިބެމުންދާ ކަމަށާއި އެ އިންޒާރުތައް ފެތުރެމުން ދަނީ މެސެޖުތަކެއް މެދުވެރިކޮށް ކަމަށެވެ.

މި ހާދިސާގައި ލަންކާގެ ތިން ޗާޗަކަށް ހަމަލާދީ ގިނަ ބަޔަކު މަރާލާފައި ވާތީ މުސްލިމުންނަށް އެޓޭކް އައުމުގެ ފުރުސަތު ބޮޑުކަމަށް ބައެއް ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ. ލަންކާގައި އުޅޭ ދިވެހީން ގޭ ތެރޭގައި ތިބުމަށް އެދި ގިނަ ބަޔަކު އަންނަނީ ޓުވީޓުކުރަމުންނެވެ.

އަިދ މިހާތަނަށް އައި އިރު އެއްވެސް ދިވެއްސަކަށް އަނިޔާއެއް ލިބުނުކަން ވަނީ ކަށަވަރުވާ ގޮތް ނުވެފަ އެވެ.

ބޮމުގެ ހާދިސާ ތަކަށް ފަހު ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން އަންނަނީ ކޮލަންބޯގެ މަގުތަކުގެ މަތީގައި ހަރަކާތްތެރިވަމުންނެވެ.

ތަމަޅަ ޓައިގަރުންގެ ހަނގުރާމަ ނިމުމަކަށް އައި ފަހުން ލަންކާގައި މި ފަދަ ބޮޑު ބޮން ގޮއްވުމުގެ އެއްވެސް ހާދިސާއެއް ހިނގާފައެއް ނުވެ އެވެ. މި ހާދިސާގެ ތުހުމަތު އަދި މިހާތަނަށް އައި އިރު އެއްވެސް ބައެއްގެ ކޮށްފައި ނުވާ އިރު، ބޮން ގޮއްވާފައި ވަނީ ގާތްގަނޑަކަށް އެއް ވަގުތެއްގައި އެކި ސަރަހައްދުތަކުގައި ކަމުން، މި ހަމަލާތަކުގެ ފަހަތުގައި ގިނަ ބަޔަކު ތިބިކަން އެނގެ އެވެ.


ދާދި ދެންމެ މައުލޫމާތު ލިބުނު ގޮތުގައި، ލަންކާގައި މި ވަގުތު ތިބި ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމު ސަލާމަތްތެރިކަމާ އެކު ހޮޓަލަށް ހިނގައްޖެ އެވެ. އެ ޓީމާ އެކު މި ވަގުތު ފުލުހުން ވެސް ތިބި ކަމަށް މައުލޫމާތު ލިބެ އެވެ.

އެންމެ ފަހުގެ މައުލޫމާތު ތަކަށް ބަލާ އިރު، މިއަަދު ބޮން ގޮއްވާލާފައި ވަނީ ހަ ސަރަހައްދެއްގަ އެވެ.

ހޮސްޕިޓަލު ތަކުގައި ފަރުވާދެމުން އަންނަ މީހުންގެ ސައްހަ އަދަދު ޔަގީން ނުވާތީ އާއި ހާލު ބޮޑު މީހުން ތިބުމުން، މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ދާދި ދެންމެ މައުލޫމާތު ލިބުނު ގޮތުގައި، ބަންޑާރަ ނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ފުރާ މީހުން ހަތަރު ގަޑި އިރު ކުރީން އެއާޕޯޓަށް ދިއުމަށް އެދިފަ އެވެ. އެއީ ސެކިއުރިޓީ ޗެކު ކުރުމަށް ޓަކަ އެެވެ. އެއާޕޯޓު ސަރަހައްދުގެ ސެކިއުރިޓީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ލަންކާގެ ރައީސް މައިތިރިޕަލަ ސިރިސޭނާ ވަނީ ރައްޔިތުން ކެތްތެރި ކަމާއެކު ތިބުމަށާއި ތަހުގީގުކުރާ އޮފިޝަލުންނަށް ސަޕޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ.

ޒަޚަމްވެފައިވާ ގިނަ އަދަދެއްގެ ބަޔަކަށް ލަންކާގެ ހޮސްޕިޓަލު ތަކުގައި ފަރުވާދެމުން އަންނާތީ އާއި އޭގެން ގިނަ ބައެއްގެ ހަށިގަނޑުން ލޭ ބޭރުވެފައިވާ މިންވަރު ބޮޑުކަމުން، ލޭ ހަދިޔާ ކުރުމަށް އެ ހޮސްޕިޓާތަކުން ވަނީ އެދިފަ އެވެ.

މި ހާދިސާއާ ގުޅިގެން މާދަމާ އާއި މާދަމާ ނޫން އަނެއް ދުވަހަކީ ލަންކާގައި ސަރުކާރު އަދި ސްކޫލިތައް ބަންދު ދެ ދުވަސް ކަމަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ލަންކާއަށް ދީފައިވާ ޓެރަރިސްޓް ހަމަލާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވަނީ ކުށްވެރިކުރައްވާފައި. އަދި ދިވެހި ރައްޔިތުން މި ހިތާމައިގައި ފުރިހަމައަށް ބައިވެރިވާ ކަމަށާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ރާއްޖޭގެ އެއްބާރުލުން ލަންކާއަށް ފުރިހަމައަށް ލިބޭނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވެފައިވޭ.

ލަންކާގައި ދިވެހިން ގިނަ އަދަދަކަށް ދިރިއުޅެމުންގެންދާ ދެހިވެލަ ޒޫ ސަރަހައްދުގައި ބޮމެއް ގޮއްވާލައިފިއެވެ.

އެހިސާބުގައި ދިރިއުޅޭ ބައެއް ދިވެހިން "ވަން އޮންލައިން" އަށް އެކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އަދި ބައެއް ދިވެހިން ދަނީ އެ މަންޒަރު ފެންނަ ބައެއް ވީޑިއޯތައް ސޯޝަލް މީޑިޔާގައި ހިއްސާ ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާގެމައި އެއާޕޯޓް ކަމުގައިވާ، ބަންޑާރަ ނައިކަ އެއާޕޯޓް ކައިރީގައި އޮންނަ ޑެމަޓަގޮނޑާ ގައިވެސް ވަނީ ބޮމެއް ގޮއްވާލައިފައެވެ. މިއީ މިއަދު ގޮއްވާލި އަށްވަނަ ބޮމެވެ.

މީގެ ކުޑަ އިރުކޮޅެއްކުރިން މި ބޮން ގޮއްވާލުމުގެ ސަބަބުން މިހާނަތަށް އަށްމީހުން މަރުވެފައިވާ ކަމަށް ހަބަރު ފަތުރާ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މިއަދު ހެނދުނުއްސުރެން އެކި ސަރަހައްދު ތަކުގައި ދެމުންދާ ބޮން ގޮއްވުމުގެ ހަމަލާތަކާ ގުޅިގެން، ސްރީލަންކާގައި ކާފިއު އިއުލާނުކޮށްފި އެވެ.

މީގެ ކުރިން ކާފިއު އިއުލާން ކުރުމަށް ހަމަޖެހިފައި އޮތީ މިއަދު އިރުއޮއްސި 6:00 އިން ފެށީގެން މާދަމާ ހެނދުނު 6:00 އަށް ކަމަށްވިޔަސް ޑެމަޓަގޮނޑާ އަށްދިން އަށްވަނަ ހަމަލާއާ ގުޅިގެން މިވަގުތުން ފެށިގެން ލަންކާގައި ބަނީ ކާފިއު އިއުލާން ކޮށްފައެވެ.

ދެންމެ ލަންކާގައި ބޮމެއް ގޮވި ވީޑިއޯ އެއް އާއްމު ވެއްޖެއެވެ.

އިތުރު ތަފްސީލް އަންނަނީ..........