ދިރާގު

"މޯލްޑިވްސް ޕެރަމޯޓާސް 2019"ގެ ލީޑު ސްޕޮންސަރަކަށް ދިރާގު

"މޯލްޑިވްސް ޕެރަމޯޓާސް 2019"ގެ ލީޑު ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ޕެރަމޯޓާސް ހަރަކާތަކީ ސްކައި ގައިސް އިން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

އެ ހަރަކާތުގައި ބައިވެރިވުމުގެ ބޭނުމަކީ އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކަށް ހޭލުންތެރިކަން އިތުރުކުރުމުގައި އެ ކުންފުނީގެ ބައިވެރިވުން އިތުރުކުރުން ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ސްކައި ގައިސް އިން އިސްނަގައިގެން ކުރިއަށްގެންދާ އެ ހަރަކާތަކީ އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކަށް އާންމުން ހޭލުންތެރިކުރުވުމަށް ހިންގާ ހަރަކާތެކެވެ. އެ ހަރަކާތަކީ ޕެރަމޯޓާގައި ރާއްޖޭގެ އުތުރުން ދެކުނަށް ދަތުރުކުރާ ގޮތަށް ރޭވިގެން ބާއްވާ ހަރަކާތެކެވެ.